ޓިކްޓޮކްގައި މިހާރު އުޅެނީ އަސްލު ޒިކީއެއް ނޫން، އެއީ ބޮޑު ފޭކެއް!
29 ޑިސެމްބަރު 2025 - 09:08

ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި، ކުރީގެ ޓިކްޓޮކް ތަރި އަދި ކްރިއޭޓަރ އައިޝަތު ޒިވާ (ޒިކީ) ސޯޝަލްމީޑިއާގެ ޕްލެޓްފޯމް ޓިކްޓޮކްއަށް އެނބުރި ނާންނަ ކަމަށް އޭނާ ބުނެފިއެވެ.
ޒިވާ މިހެން ބުނީ، ޒިކީގެ އަސްލު ޕްރޮފައިލް ނަމާ ވައްތަރު، ޕްރޮފައިލް ނަމެއްގައި، އެކައުންޓެއް ހަދައި ވީޑިއޯތަކެއް އާންމުކުރަމުންދާތީ އާންމުންގެ ސަމާލުކަން ލިބިފައިވާ ދަނޑިވަޅެއްގައެވެ. އެ އެކައުންޓަކީ ހަމަ އަސްލުވެސް ޒިކީގެ އެކައުންޓުތޯ އެނބުރި އައީތޯ ސުވާލުކޮށް ކޮށްފައިވާ ކޮމެންޓުތަކަށްވެސް އެ އެކައުންޓުން ވަނީ އެއީ ޒިކީ ކަމަށް އަދި ޒިކީގެ އެކައުންޓެއް ކަމަށް ދޭހަވާ ގޮތަށް ޖަވާބުދީފައެވެ.

Ad by Hajj Corporation
އެހެން ނަމަވެސް، ޒިވާ ވަނީ އެއީ ޒިކީގެ އެކައުންޓެއް ނޫންކަން ކަށަވަރުކޮށްދީފައެވެ. އަދި އޭގައި ހުރި ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަނީ އޭނާ ނޫން ކަމަށް ބުނެފައެވެ.
ޒިވާ ބުނީ އެނބުރި ޓިކްޓޮކްއަށް ނާންނަ ކަމަށެވެ.
"ޒިދާންއާއެކު ކޯވަރެއް" ޓީވީ ސީރީޒްގެ ޝޯވއަކަށްފަހު ވައިގައި ހިފި "ޒިކީ މިދަނީ" ޓްރެންޑާއެކު ސޯޝަލްމީޑިއާގައި ޒިވާއަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ. އޭގެ ކުރިން ޗޮކްލެޓް ކޭކް ރެސިޕީ ވީޑިއޯއަކާއެކު އާންމުންނަށް އޭނާ އެނގެން ފެށިއެވެ.
އޭނާއަށް ލިބުނު މަގުބޫލުކަމާއެކު ގިނަ ފުރުސަތުތަކެއް ވެސް ފަހިވެގެންދިޔައެވެ. މިގޮތުން ވިޔަފާރި އިސްތިހާރުކުރުމަށް ގިނަ ފުރުސަތުތަކެއް އޭނާއަށް ލިބުނެވެ.
ނަމަވެސް، ކޮންމެވެސް ސަބަބަކާ ހުރެ ޒިކީ ވަނީ ސޯޝަލްމީޑިއާއާ ދުރަށް ގޮސްފައެވެ.


