ރައީސް އިންޑިޔާއަށް ފުރާވަޑައިގަންނަވައިފި
ރައީސް މުޢިއްޒު އިންޑިޔާއަށް ފުރާވަޑައިގަންނަވަނީ -- ފޮޓޯ/ ރައީސް އޮފީސް
.jpg&w=3840&q=75)
06 އޮކްޓޯބަރު 2024 - 07:35
ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންޑިޔާއަށް ފުރާވަޑައިގަންނަވައިފިއެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ ދައުވަތަކަށް ރައީސް އިންޑިޔާއަށް ވަޑައިގަތުމަށް މިއަދު ފުރާވަޑައިގަންނަވައިފައިވާއިރު، އެމަނިކުފާނުގެ އަރިހުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވެސް ވަޑައިގަންނަވައެވެ.
އެ ދަތުރުފުޅުގައި ރައީސް މުޢިއްޒު، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
އިންޑިޔާއަށް ރައީސް ކުރައްވާ ދަތުރުފުޅަކީ، ރައީސް މުޢިއްޒު އިންޑިޔާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ، ބޮޑުވަޒީރު މޯދީ ހުވާކުރެއްވި ދަރުބާރަށް އިންޑިޔާއަށް ވަޑައިގަންނަވައިފައެވެ. ރައީސްގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރެއްވީ ޗައިނާއަށެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
8 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
8 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
8 މަސް ކުރިން