logo
Bank of Maldives

Bank of Maldives

ޚަބަރު

މާދަމާ އިން ފެށިގެން ތެލަސީމިއާ ބަލި މީހުންނަށް މަހަކު 2،000 ރުފިޔާ ލިބޭނެ!

އާމިނަތު ޝަފާ
31 ޑިސެމްބަރު 2025 - 12:18
މާދަމާ އިން ފެށިގެން ތެލަސީމިއާ ބަލި މީހުންނަށް މަހަކު 2،000 ރުފިޔާ ލިބޭނެ!

މާދަމާ އިން ފެށިގެން ތެލަސީމިއާ ބަލިމީހުންނަށް އެލަވަންސެއް ތައާރަފް ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

އޯގާތެރި މުޖުތަމަޢެއް ބިނާކުރުރެއްވުމަށް މަގުފަހިކުރެއްވުމަށްޓަކައި، މީގެ ކުރިން ސަރުކާރުން ހަވާސާކޮށްފައިވާ ދާއިރާތަކަށް ޚާއްޞަ އިސްކަމެއް ދެއްވުމުގެ ގޮތުން، ތެލަސީމިއާ ޕޭޝަންޓުންނަށް ޚާއްޞަ އެލަވަންސެއް ތަޢާރަފުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ ލ. ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މާދަމާ އިން ފެށިގެން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް އިއުލާން ކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ޖަނަވަރީ 1 އިން ފެށިގެން މަހަކު 2،000ރުފިޔާގެ އެލަވަންސެއް ތެލެސީމިއާ ބަލިމީހުންނަށް ލިބޭނެކަން ވަނީ ހާމަކޮށްފައެވެ.

މިއީ ތެލަސީމިޔާ ބަލިމީހުންނަށް ދައުލަތުން އިނާޔަތެއް ދޭ ފުރަތަމަ ފަހަރެވެ. 

ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް މި ސަރުކާރުން ދެއްވާނެކަމުގައި ރައީސް އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އަދި ތެލެސީމިއާ ޕޭޝަންޓުންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ އަމާޒުގައި އިތުރު ފަސޭހަތަކާއެކު ހުޅުމާލޭ އޮރެންޖް ހިޔާ ބިލްޑިންގައި ތެލެސީމިޔާ ސެންޓަރު ތަރައްގީކޮށް އެތަނުގެ ހިދުމަތްތައް މިހާރު ވަނީ ފަށާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2028 ގައި ޔާމިން ހުންނަވާނީ ރައީސް މުއިއްޒު ދެވަނަ ދައުރަކަށް ހޮވަން ފޫގަޅާލައިގެން: ފަލާހުޚަބަރު | 41 މިނިޓު ކުރިންސާކްގެ ސެކްރެޓަރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޒިޔާރަތް ކުރައްވައިފިޚަބަރު | 11 ގަޑިއިރު ކުރިންސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިޚަބަރު | 2 ދުވަސް ކުރިންބައިނަލްއަގުވާމީ ފެންވަރުގެ ސްޓޭޑިއަމްއަކާ އެކު، ފުޓްސަލް ދަނޑުތައް ހިމެނޭ އިމާރާތެއް އަޅަނީޚަބަރު | 2 ދުވަސް ކުރިން