މޫސުމަށްސަމާލު! ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ!
31 ޑިސެމްބަރު 2025 - 13:45

ކުރިއަށް އޮތް 24 ގަޑިއިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ލަފާކޮށްފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނީ، ރާއްޖޭގެ އެކިހިސާބަށް ކެރީގެއަސަރުފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Ad by Hajj Corporation
ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ، ހުޅަނގުުއުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ބުންޏެވެ. އެ އޮފީހުން ބުނީ ވިލާގަނޑުގައި ގަޑިއަކު 35 މޭލާ 45 މެލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުން ބުނީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައެވެ.
މިހާރު މިއީ އިރުވައިގެ ދެވަނަ ނަކަތް 'ފުރަހަޅަ'އިގެ ދުވަސްތަކެވެ.
އިރުވައިގެން ދެވަނަ ނަކަތް ފުރަހަޅަ ކުރިއަށްދާނީ ޑިސެމްބަރުމަހުގެ 23 އިން ޖެނުއަރީމަހުގެ 5ވަނަ ދުވަހުގެ ނިޔަލަށެވެ. ފުރަހަޅަ ނަކަތުގައި ވައި ޖެހޭނީ އިރު އުތުރުންނެވެ. މި ނަކަތުގައި އާދައިގެ ވަރަކަށް ކަނޑާއި ވައި ގަދަވާނެއެވެ. އަދި މި ނަކަތުގައި އުތުރުގެ ރަށްތަކަށް މަސްވެރިކަން ރަނގަޅުވާނެއެވެ.


