logo
Bank of Maldives

Bank of Maldives

ޚަބަރު

ތެލަސީމިއާ އެލަވަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ޢައްފާން މުޙައްމަދު
1 ޖެނުއަރީ 2026 - 06:27
ތެލަސީމިއާ އެލަވަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ތެލަސީމިއާ ކުދިންނަށް ޚާއްޞަކޮށްގެން ދޭ އެލަވަންސަށް އެދުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ.

އޯގާތެރި މުޖުތަމަޢެއް ބިނާކުރުރެއްވުމަށް މަގުފަހިކުރެއްވުމަށްޓަކައި، މީގެ ކުރިން ސަރުކާރުން ހަވާސާކޮށްފައިވާ ދާއިރާތަކަށް ޚާއްޞަ އިސްކަމެއް ދެއްވުމުގެ ގޮތުން، ތެލަސީމިއާ ޕޭޝަންޓުންނަށް ޚާއްޞަ އެލަވަންސެއް ތަޢާރަފުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ ލ. ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވުމާއި ގުޅިގެން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ވަނީ، މިއެހީތެރިކަން ދިނުމަށްޓަކައި ޚާއްޞަ ޤަވާއިދެއް އެކުލަވާލާފައެވެ. މިޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ތެލަސީމިއާ އެލެވެންސް ދެވޭނީ، ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޮބިނޯޕަތީސް ސެންޓަރުގައި ބަލަހައްޓަމުން އަންނަ ތެލަސީމިއާ ހުންނަ މީހުންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މިޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ތެލަސީމިއާ ކުދިންނަށް ދަޢުލަތުން ދޭ މާލީ އެލަވަންސަށް އެދި ހުށައަޅަން ޖެހެއެވެ. އެގޮތުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން އެޕްރޫވްވުމަށްފަހު ޖެހިގެން އަންނަ މީލާދީ މަހުން ފެށިގެން މިއެލަވަންސް ލިބެމުންދާނެއެވެ. އެލަވަންސަށް އެދި ހުށައަޅާ ފަރާތްތަކުން އެމީހަކު ދިރިއުޅޭ އެޑްރެސްއާއި، އީމެއިލް އެޑްރެސް ހިމަނަންޖެހެއެވެ. އެލަވަންސަށް އެދޭ ފަރާތަކީ، 18 އަހަރު ނުފެރޭ ކުއްޖެއްނަމަ ފޯމުގައި ބެލެނިވެރިޔާގެ މަޢުލޫމާތު ހިމަނަން ޖެހެއެވެ.

ޤަވާއިދުގައި ވަނީ، ތެލަސީމިއާ ހުންނަ މީހުންގެ ޤައުމީ ދަފުތަރެއް އެކުލަވާލާ ތެލަސީމިއާ ސެންޓަރުން ބަލަހައްޓަން ޖެހޭނެ ކަމަށެވެ. މިދަފްރަތުގައި ތެލަސީމިއާ ކުދިންގެ މަޢުލޫމާތާއި، ތެލަސީމިއާގެ ބާވަތާއި، ފަރުވާއާއި ގުޅުންހުރި ގިންތިތަކާއި، ތެލަސީމިއާ ކުދިންގެ އުމުރުފުރާތަކާއި، ތެލަސީމިއާ ހާލަތާއި ގުޅިގެން ޞިއްޙީ ފަރުވާ ހޯދަންޖެހޭ ކަމަށް ޞިއްޙީ މިންގަނޑަކުން ކަނޑައަޅާ ކުދިންނާއި، އެކުދިންގެ ފަރުވާއާއި ގުޅޭ މުޙިއްމު ތަފްސީލްތައްވެސް އެނގެންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ތެލަސީމިއާ އެލަވަންސް ދިނުމާ ގުޅޭ ކަންކަން ބަޔާން ކުރާ ޤަވާއިދުގައި ބުނެފައިވާ ގޮތުގައި ތެލަސީމިއާ އެލަވަންސަށް އެދި ހުށައަޅާ ފަރާތްތަކަށް ކޮންމެ މަހަކުވެސް 2000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި، މިއީ ތެލަސީމިޔާ ބަލިމީހުންނަށް ދައުލަތުން އިނާޔަތެއް ދޭ ފުރަތަމަ ފަހަރެވެ. 

ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް މި ސަރުކާރުން ދެއްވާނެކަމުގައި ރައީސް އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ތެލެސީމިއާ ޕޭޝަންޓުންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ އަމާޒުގައި އިތުރު ފަސޭހަތަކާއެކު ހުޅުމާލޭ އޮރެންޖް ހިޔާ ބިލްޑިންގައި ތެލެސީމިޔާ ސެންޓަރު ތަރައްގީކޮށް އެތަނުގެ ހިދުމަތްތައް މިހާރު ވަނީ ފަށާފައެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

31 އަހަރަށްފަހު ތެލަސީމިއާ ސެންޓަރު ހުކުރު ދުވަހު ހުޅުވައި ޚިދުމަތް ދޭން ފަށައިފިޚަބަރު | 4 ގަޑިއިރު ކުރިން"ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރެވޭނީ އިޢާދަކުރުވަނިވި ސާފު ހަކަތަ ބޭނުންކުރުން އިތުރުކޮށްގެން"ޚަބަރު | 5 ގަޑިއިރު ކުރިން14 ރަށެއްގައި ޕާކު ތަރައްގީ ކުރުމަށް ބޭނުންވާ ސެޓުތައް ފޮނުވަން ފަށައިފިޚަބަރު | 8 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި ޚަބަރު | 2 ދުވަސް ކުރިން