logo
Bank of Maldives

Bank of Maldives

ޚަބަރު

ހަންގޭރީން ދޭ 25 ސްކޮލަރޝިޕަށް ހުޅުވާލައިފި

އާމިނަތު ޝަފާ
1 ޖެނުއަރީ 2026 - 15:56
ހަންގޭރީން ދޭ 25 ސްކޮލަރޝިޕަށް ހުޅުވާލައިފި

ހަންގޭރީން ދޭ 25 ސްކޮލަރޝިޕަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ، ހަންގޭރީން ދޭ 25 ސްކޮލަރޝިޕްގައި ހިމެނެނީ 8 ބެޗްލަރސް ޑިގްރީ އާއި 12 މާސްޓަރސް ޑިގްރީގެ އިތުރުން ޕީއެޗްޑީގެ 5 ފުރުޞަތެވެ. މި ކޯސްތަކުގެ ތެރެއިން ބެޗްލާސް ޑިގްރީގެ ޝަރުޠަކީ ޖީ.ސީ.އީ އޯލެވެލް ނުވަތަ އައިޖީސީއެސްސީ ނުވަތަ އެސްއެސްސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ނުވަތަ ޖީސީއީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުމެވެ. މާސްޓަރސް ކޯހުގެ ޝަރުޠަކީ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، ކޮންމެ ކެންޑިޑޭޓަކުވެސް ހުށަހަޅާނީ ފުލްޓައިމް އެންމެ ޕްރޮގްރާމަކަށެވެ. ފައިނަލް ސިލެކްޝަން ހެދުމަށްޓަކައި އެ މިނިސްޓްރީއިން ކެނޑިޑޭޓުން ނޮމިނޭޓްކުރާނެ ކަމަށާއި ފައިނަލް ސިލެކްޝަން ހަދާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ.

މި ސްކޮލަރޝިޕްގެ ދަށުން ދެކޮޅު ޓިކެޓާއި ވިސާގެ ޚަރަދު ހަމަޖައްސައިދޭނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުންނެވެ. އަދި ސްކޮލްޝިޕް ދޭފަރާތުން ކުރާ ޚަރަދުތަކުގެ ތަފްޞީލް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ޝީޓުގައި ހުންނާނެ ކަމަށާއި އޭގެ އިތުރަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ހަމަޖައްސާނީ ދަރިވަރު އަމިއްލައަށެވެ.

ކުރިމަތިލާ ފަރާތްތަކުގެ ނޮމިނޭޝަން ހަދާނީ ސްޓައިޕެންޑިއަމް ހަންގޭރިކަމްގެ ވެބްސައިޓު މެދުވެރިކޮށްނާއި އެ މިނިސްޓްރީގެ "މައިއެޑިޔު"  ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކަށް ބަލައިގެންނެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި ސްކޮލަރޝިޕަށް "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް 15 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން އޮންލައިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. އަދި ސްޓައިޕެންޑިއަމް ހަންގޭރިކަމްގެ ވެބްސައިޓު މެދުވެރިކޮށް 15 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 18:00 ކުރިން އޮންލައިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. އެއީ ސެންޓްރަލް ޔޫރަޕިއަން ޓައިމްގެ 14:00 ކުރިންނެވެ. މިގޮތުން އޮންލައިން އެޕްލިކޭޝަން ފުރިހަމަވާނީ ސޭވްކުރުމަށްފަހު ސަބްމިޓް ކުރުމުންނެވެ.

ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕްގެ ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި މި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަން ޖެހޭނެ ކަމަށާއި އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަންގޭރީން ދޭ 25 ސްކޮލަރޝިޕަށް ހުޅުވާލައިފިޚަބަރު | 2 ގަޑިއިރު ކުރިން