logo
Bank of Maldives

Bank of Maldives

ޚަބަރު

ޕަރީ މިރޭ އޮލިމްޕަހަށް، ބޮލީވުޑްގެ ބައެއް ތަރިން ޕްރެމިއަރ ގައި ބައިވެރިވާނެ

މުޙައްމަދު އަފްރާޙް
7 ޖެނުއަރީ 2026 - 06:19
ޕަރީ މިރޭ އޮލިމްޕަހަށް، ބޮލީވުޑްގެ ބައެއް ތަރިން ޕްރެމިއަރ ގައި ބައިވެރިވާނެ

ދިވެހި ފިލްމު 'ޕަރީ' އޮލިމްޕަސް ސިނަމާގައި މިރޭ ޕްރިމިއަރކުރާނެއެވެ.

ޕަރީގެ ޗެޕްޓަރ 1 މިރޭ ދައްކަން ފަށާއިރު، ޕްރިމިއަރ ނައިޓުގައި ބޮލީވުޑްގެ ކުޅަދާނަ އެކްޓްރެސް ސުރްޖަސިކާ ދާސް ބައިވެރިވާނެކަމަށް އެ ޕްރޮޑަކްޝަނުން ވަނީ ހާމަކޮށްފައެވެ. އޭނާއަކީ މި ދިޔަ އަހަރު ބޮލީވުޑްގައި ރިލީޒްކުރި ފިލްމު "މާ" ގައި އަދާކޮށްފައިވާ ރޯލުން ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރިއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޑިއާގެ އައްސާމް ސްޓޭޓަށް ނިސްބަތްވާ ސުރްޖަސިކާ ވަނީ ބައެއް ޑްރާމާ ސީރީޒްތަކުގެ ރޯލުތައް ކުޅެފައެވެ. އަދި ކުރު ފިލްމް އިއްތިފާގްގެ ރޯލެއް ވެސް ކުޅެފައިވެއެވެ.

އެސް ޕްރޮޑަކްޝަންގެ ފަރާތުން ގެނެސްދޭ "ޕަރީ" ގެ މައިގަނޑު ވާހަކައިން ދައްކުވައިދެނީ ސްރީލަންކާގައި ދިރިއުޅޭ ދިވެހި އާއިލާއަކަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެކެވެ. ސީޒަންގެ އިތުރުން އަހުމަދު އަހުސަން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ލީޑުތަރިންގެ ގޮތުގައި މަރްޔަމް ލަމްސާ ލަތީފް (ޕަރީ)، އާއި އައިޝަތު ރިޝްމީ، ސީޒަން، ޖުމައްޔިލް ނިމާލް އަދި ޝީލާ ނަޖީބް ފެނިގެންދާނެއެވެ.

މިއީ ދިވެހި ފިލްމީ ތާރީޚުގައިވެސް، ދިވެހި ފިލްމެއްގެ ވީއެފްއެކްސް އާއި ސައުންޑް އިންޑިއާގެ ޕްރޮފެޝަނަލް ސްޓޫޑިއޯއެއްގައި ކުރިއަށް ގެންދިޔަ ފުރަތަމަ ފިލްމަށްވާއިރު، މި ފިލްމުގެ ވީއެފްއެސް މަސައްކަތް ކޮށްފައިވަނީ ބަނގްލަދޭޝް އަދި ސްރީލަންކާގެ ވީއެފްއެސް ދެ ސްޓޫޑިއޯކުންނެވެ. 7.1 ސައުންޑަރ އާއި ވީއެފްއެކްސްގެ ފުރިހަމަ މަސައްކަތާއެކު ފިލްމު ސިނަމާއިން ބަލާލާއިރު، ބިރުވެރިކަން ބެލުންތެރިޔާގެ ވަށައިގެން ހިނގާ ކަންތައްތަކެއްހެން ހީވާ ފެންވަރަކަށް ފެނިގެންދާނެކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

ޕަރީގެ ޓީމުން މައުލޫމާތުދިން ގޮތުގައި މި ފިލްމުގެ ސަބްޓައިޓަލް ވެސް އިނގިރޭސި ބަހުން ގެނެސްދޭނެއެވެ. އަދި އޮލިމްޕަހުގެ ޓިކެޓް ކައުންޓަރ ނަންބަރު 9331242 އިން ޓިކެޓް ލިބެން ހުންނަ ދުވަސްތަކުގެ މައުލޫމާތު ލިބޭނެ ކަމަށާއި، މިފިލްމު އަތޮޅު ތެރޭގެ ރަށްރަށުގައި ސްކްރީން ކުރަން ބޭނުންވާ ފަރާތްތަކުން 9331243 އަށް ގުޅުއްވުމަށް ޕަރީގެ ޓީމުން ވަނީ އެދިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕަރީ މިރޭ އޮލިމްޕަހަށް، ބޮލީވުޑްގެ ބައެއް ތަރިން ޕްރެމިއަރ ގައި ބައިވެރިވާނެޚަބަރު | ދުވަހެއް ކުރިން