logo
Bank of Maldives

Bank of Maldives

ޚަބަރު

ޖޮބް ރެޑިނަސް ޕްރޮގްރާމުގެ 3 ވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މުޙައްމަދު އަފްރާޙް
8 ޖެނުއަރީ 2026 - 08:36
ޖޮބް ރެޑިނަސް ޕްރޮގްރާމުގެ ތެރެއިން
ޖޮބް ރެޑިނަސް ޕްރޮގްރާމުގެ ތެރެއިން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޖޮބް ރެޑިނަސް ޕްރޮގްރާމުގެ 3 ވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

'ޖޮބް-ރެޑިނަސް ޕްރޮގްރާމް' އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ މާޙައުލަށް ބޭނުންވާ އަސާސީ ތައުލީމާއި ހުނަރު އިތުރުކުރަން ބޭނުންވެފައިވާކަން ފާހަގަކުރެވި، މި ފަރާތްތައް ވަޒީފާގެ މާޙައުލަށް ނުކުތުމުގެ ކުރިން، މި ފަރާތްތަކަށް ބޭނުންވާ އަސާސީ އެކި ހުނަރުތައް ދަސްކޮށްދިނުމުގެ މަޤުސަދުގައި އުފައްދާފައިވާ ޕްރޮގްރާމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮގްރާމުގެ ފުރަތަމަ ބެޗް 26 ޖޫން އިން 29 އޯގަސްޓް 2024 ގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާއިރު، މި ބެޗު ކާމިޔާބުކަމާއިއެކު 12 ފަރާތަކުންވަނީ ފުރިހަމަކޮށްފައެވެ. އަދި މި ޕްރޮގްރާމުގެ ދެވަނަ ބެޗް ކުރިއަށްގެންދިޔައީ 5 މެއި އިން 2 ނޮވެމްބަރ 2025 ގެނިޔަލަށެވެ. އެ ބެޗުގައި 10 ފަރާތަކުން ވަނީ ކާމިޔާބުކަމާއިއެކު ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

6 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ 3 ވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުޞަތު 12 ޖެނުވަރީ 2026 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

މި ޕްރޮގްރާމާއި ގުޅޭ އިތުރު މަޢުލޫމާތު އެދިލައްވާ ފަރާތްތަކުން 7206558 ނަންބަރުން ވައިބަރ މެދުވެރިކޮށް ނުވަތަ ރަސްމީ ގަޑީގައި ހެނދުނު 800 ން މެންދުރުފަހު 2:00 އަށް 1433 ކޯލްސެންޓަރަށް ގުޅައިގެން ނުވަތަ des@msfd.gov.mv އަށް އީމެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ.

ލިންކު: https://forms.gle/vPL5vuZdpvQSnix6A

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖޮބް ރެޑިނަސް ޕްރޮގްރާމުގެ 3 ވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިޚަބަރު | ދުވަހެއް ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އެމްޕަވަރމަންޓް ހަބެއް ގާއިމުކުރަނީ ޚަބަރު | 6 މަސް ކުރިން