logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރީގެ ތެލެސީމިއާ ސެންޓަރުގައި ޖީޕީ ކްލިނިކެއް ހަދަނީ

އައިޝަތު ނަޝާ
9 ޖެނުއަރީ 2026 - 09:26
ކުރީގެ ތެލެސީމިއާ ސެންޓަރުގައި ޖީޕީ ކްލިނިކެއް ހަދަނީ

މާލެ ސަރަހައްދުގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ބޮޑެތި ހޮސްޕިޓަލްތަކަށް ބާރުބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ހެންވޭރުގައި ހުރި ކުރީގެ ތެލެސީމިއާ ސެންޓަރުގައި "ޖީޕީ ކްލިނިކެއް" ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ކުރީގެ ތެލެސީމިއާ ސެންޓަރު ހުރި އިމާރާތަކީ، އެ ސެންޓަރުގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ "އޮރެންޖު ހިޔާ" އަށް މިދިޔަ އަހަރުގެ މެއި މަހުގެ 8 ވަނަ ދުވަހު ބަދަލުކުރުމާ ގުޅިގެން، މިހާރު ބޭނުންނުކޮށް ހުރި ތަނެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫއުގެ ދަށުން، ކުރީގެ ތެލެސީމިއާ ސެންޓަރު ހުރި އިމާރާތް ތަޅާލައި، އެ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިއްޔެ ވަނީ ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތަކަށް ޑޮކްޓަރަށް ދެއްކުމަށް އޮންނަ ކިޔޫތައް ކުޑަކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމެކެވެ. އެގޮތުން މާލެ ސަރަހައްދުގައި ޖުމްލަ ހަ ޖީޕީ ކްލިނިކެއް ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. މީގެ ތެރެއިން މާފަންނުގައި މިހާރުވެސް ކްލިނިކެއް ހުޅުވައި ހިދުމަތް ދެމުން އަންނައިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައިވެސް ކްލިނިކެއް އެޅުމުގެ އަމަލީ މަސައްކަތް ދަނީ ކުރިއަށެވެ.

ޖީޕީ ކްލިނިކްތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ލޭގެ ޓެސްޓް ހެދުމަށް ސުންކު ނެގުމާއި، އެކްސްރޭ ނެގުން ފަދަ ފުރަތަމަ މަރުހަލާގައި ކުރެވޭ މުހިއްމު ކަންކަން ކުރެވޭނެއެވެ. މީގެ އިތުރުން، ބަލިމީހާގެ ހާލަތު ސީރިއަސް ނޫންނަމަ، ޖީޕީ ކްލިނިކްތަކުން ބޭސް ދިނުން ފަދަ ކަންކަން ވެސް ކުރިއަށް ގެންދެވޭނެއެވެ. ސްޕެޝަލިސްޓަކަށް ދައްކަން ޖެހޭނަމަ، ޖީޕީ ކްލިނިކްތަކުން އެޕޮއިންޓްމަންޓް ހަދައިދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވާނެއެވެ.

މި ކްލިނިކްތަކަކީ، މާލޭގެ މައި ހޮސްޕިޓަލްތަކަށް އާންމު ބަލިތަކަށް ޑޮކްޓަރަށް ދައްކަންދާ މީހުންގެ ކިޔޫތައް ކުޑަކޮށް، ސިއްހީ ހިދުމަތްދިނުން ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތެކެވެ. ޖީޕީ ކްލިނިކްތަކުގެ ސަބަބުން އާންމު ބަލިތަކަށް ފަރުވާ ހޯދުމަށް އައިޖީއެމްއެޗް ފަދަ ބޮޑެތި ހޮސްޕިޓަލްތަކަށް ދާންޖެހޭ މިންވަރު މަދުވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު އަވަސް ސިއްހީ ހިދުމަތް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރީގެ ތެލެސީމިއާ ސެންޓަރުގައި ޖީޕީ ކްލިނިކެއް ހަދަނީޚަބަރު | 16 ގަޑިއިރު ކުރިން