ޑިޕާޗަރ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަށް 3.8 ބިލިޔަން ރުފިޔާ
11 ޖެނުއަރީ 2026 - 05:27

މިދިޔަ އަހަރު ޑިޕާޗަރ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓު ފީގެ ގޮތުގައި ދައުލަތަށް 3.8 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ، އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 1.5 ބިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.

Ad by Hajj Corporation
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2025 ވަނަ އަހަރު ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 1.9 ބިލިޔަން ރުފިޔާއެވެ. 2024 ވަނަ އަހަރު ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނީ، 1.1 ބިލިޔަން ރުފިޔާއެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 2025 ވަނަ އަހަރު ދައުލަތައް ލިބުނީ، 1.9 ބިލިޔަން ރުފިޔާއެވެ. 2024 ވަނަ އަހަރު އެއާޕޯޓް ޑިވެޕޮލްމެންޓް ފީގެ ގޮތުގައި ލިބިފައިވަނީ، 1.2 ބިލިޔަން ރުފިޔާއެވެ.
ޑިޕާޗަރ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓު ފީ އެއްކޮށްލައިގެން 2025 ވަނަ އަހަރު ދައުލަތައް ލިބުނު ޢާމްދަނީއަކީ 3.8 ބިލިޔަން ރުފިޔާއެވެ. 2024 ވަނަ އަހަރު ލިބިފައިވަނީ، 2.3 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ، %65.7 އިތުރުވުމެއް ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީރާގެ ރިޕޯޓުގައި ބުނެފައިވަނީ އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ އިތުރުވީ، 2025 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމުން ކަމަށެވެ. އެގޮތުންް 2025 ވަނަ އަހަރު ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.


