logo
Bank of Maldives

Bank of Maldives

ޚަބަރު

ވޯޓާސް ލިސްޓަށް މިހާތަނަށް 128 ޝަކުވާ، ބާކީ ހަތް ދުވަސް!

ޒިދާން މުޙައްމަދު
11 ޖެނުއަރީ 2026 - 17:14
މީގެ ކުރީގެ މަޖިިލިސް އިންތިހާބެއްގެ ތެރެއިން: ދެ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައި
މީގެ ކުރީގެ މަޖިިލިސް އިންތިހާބެއްގެ ތެރެއިން: ދެ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައި

މިއަހަރުގެ އެޕްރީލްމަހު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓަށް މިހާތަނަށް 128 ޝަކުވާއެއް ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މިކަން ހާމަކޮށް މެންދުރު ޓީވީގެ "މައުޟޫއު" ޕްރޮގްރާމްގައި އެ ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ވިޝާހް ސަޢީދުއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ކުރިއަށް އޮތް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުން ލިސްޓް އާންމުކޮށް، އަދި ޝަކުވާއަށް ހުޅުވާލާފައެވެ. އާންމުކޮށްފައިވާ ލިސްޓުން ދައްކާގޮތުގައި އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވަނީ ޖުމްލަ 294,937 މީހުންނަށެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.

މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިމަހުގެ 18 ވަނަ ދުވަހުގެ 3:00 ނިޔަލަށް އެކޮމިޝަނުން ހުޅުވާލާފައިވާއިރު މިހާތަނަށް ލިސްޓަށް ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ވިޝާހް ވިދާޅުވެއެވެ. ވިޝާހް ވިދާޅުވީ، ލިސްޓަށް ގިނައިން ހުށަހަޅާފައިވާ ޝަކުވާތަކަކީ ނިޔާވެފައިވާ ފަރާތްތަކާއި ގުޅޭ މަޢުލޫމާތާއި އަދި އެޑްރެސްގެ މައްސަލަތަކުގައި ކަމަށެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް 128 ޝަކުވާއެއް ލިބިފައިވަނީ." އޭނާ ވިދާޅުވިއެވެ.

ލިސްޓަށް މީހަކު އިތުރުކުރުން ނުވަތަ އުނިކުރުން ނުވަތަ ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެ ކަމަށްވެސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިލެކްޝަންސްއިން ބުނީ ރަސްމީ ލިއުމެއްގެ ގޮތުގައި ބަލައިގަންނާނީ އައިޑީ ކާޑު ކޮޕީއާއި، ރަށްވެހިކަމުގެ ލިއުމެއް ނުވަތަ ގޭގެ ރަޖިސްޓްރީ ނުވަތަ ސަރުކާރުގެ ކަމާއި ގުޅޭ އިދާރާއަކުން ދޫކޮށްފައިވާ ލިއުމެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓަރސް ލިސްޓު އެ ކޮމިޝަނުގެ ވެބްސައިޓުންނާއި ސަރުކާރުގެ ގެޒެޓު އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ. އަދި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަނެއް ނުވަތަ ފޮށި ބަލަން ބޭނުންވާ ފަރާތްތަކަށް (VR space IDNO Send to 1414) އެސްއެމްއެސް ކޮށްގެންވެސް ބަލާލެވޭނެއެވެ.

ވޯޓާސް ލިސްޓާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހެޅޭނީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯޓާސް ލިސްޓަށް މިހާތަނަށް 128 ޝަކުވާ، ބާކީ ހަތް ދުވަސް!ޚަބަރު | 5 ގަޑިއިރު ކުރިން