logo
Bank of Maldives

Bank of Maldives

ޚަބަރު

މަޓާޓޯއިން ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާއަށް އަމާޒުކޮށް އުފެއްދުންތެރި ނަޒަރަކުން އޭއައި ބޭނުންކުރަން ދަސްކޮއްދޭ ވޯކްޝޮޕެއް ބާއްވަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
13 ޖެނުއަރީ 2026 - 10:23
މަޓާޓޯއިން  ޓޫރިޒަމްގެ ދާއިރާއަށް އަމާޒުކޮށް އުފެއްދުންތެރި ނަޒަރަކުން އޭއައި ބޭނުންކުރަން ދަސްކޮއްދޭ ވޯކްޝޮޕެއް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) ގެ ފަރާތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން، އުފެއްދުންތެރި ނަޒަރަކުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރަން ދަސްކޮށްދޭ ޚާއްޞަ ވޯކްޝޮޕެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ 15 ފެބްރުއަރީ 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ މުޅި ޓޫރިޒަމް ސިނާޢަތުގެ މީހުން ބިނާކުރުމުގެ ގޮތުން މަޓާޓޯއިން އިސްނަގައިގެން ކުރިއަށްގެންދާ އެއްދުވަހުގެ ޕައިލެޓް ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ އެކި ފަންތީގެ ބޭފުޅުންނަށް، އެބޭފުޅުންގެ ދުވަހު މަސައްކަތުގައި ސަލާމަތްތެރިކަމާއި، ޒިންމާދާރުކަމާއެކު އުފެއްދުންތެރި ގޮތެއްގައި އޭއައި ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމެވެ.

އޭއައި ބޭނުންކުރުމުގެ މުހިންމުކަމާއި ރިސްކްތައް

އޭއައި އަކީ މިހާރުވެސް ޓޫރިޒަމް ސިނާޢަތުގައި ހަލުވިކަމާއެކު ބޭނުންކުރެވެމުންދާ ވަސީލަތެކެވެ. ނަމަވެސް، ނުރަނގަޅު އަދި ރައްކާތެރިކަން ކުޑަގޮތަކަށް އޭއައި ބޭނުންކޮށްފިނަމަ، ފަތުރުވެރިންނާއި ވިޔަފާރީގެ ސިއްރު މަޢުލޫމާތު ހާމަވެ، ޤާނޫނީ މައްސަލަތަކާއި ކުންފުނީގެ އަގު ވެއްޓުމުގެ ނުރައްކާ އޮތްކަން މަޓާޓޯއިން ފާހަގަކުރެއެވެ. މި ވޯކްޝޮޕްގެ ސަބަބުން ބައިވެރިންނަށް މުވާސަލާތުގެ ފެންވަރު ރަނގަޅުވެ، ހިންގުން ހަރުދަނާވެ، ޤާނޫނާއި ޤަވާއިދުތަކަށް ތަބާވެގެން އޭއައި ބޭނުންކުރަން ދަސްވެގެންދާނެއެވެ.

ވޯކްޝޮޕްގައި ކިޔަވައިދޭނެ ބައިތައް

މި ވޯކްޝޮޕްގައި އޭއައިގެ އަސާސީ ކަންކަމާއި ބޭނުންކުރެވޭނެ ޓޫލްސްތަކުގެ އިތުރުން، ކޮމްޕްލައިންސް، ސިއްރުހިފެހެއްޓުން އަދި ރިސްކް މެނޭޖްމަންޓާ ގުޅޭ މަޢުލޫމާތު ދެވޭނެއެވެ. އަދި ނަން ނޭނގޭ ގޮތަށް ރައްކާތެރިކަމާއެކު ޑާޓާ ގެންގުޅޭނެ ގޮތާއި، އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ރަނގަޅު ސުވާލު (ޕްރޮމްޕްޓް) ކުރާނެ ގޮތް ބައިވެރިންނަށް ދަސްވެގެންދާނެއެވެ.

ބައިވެރިވުމުގެ ފީއާއި ޕާޓްނަރުން

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފީއަކީ 150 ޔޫއެސް ޑޮލަރެވެ. ނަމަވެސް މަޓާޓޯގެ ސްޓެޓީޖިކް ޕާޓްނަރުން ކަމަށްވާ އެންއެޗްޖީއޭއެމް، އެންބީއޭއެމް، އައިއެޗްޓީއޯ އަދި އައިއެސްއައިސީ މެންބަރުންނަށް 100 ޑޮލަރަށް ބައިވެރިވެވޭނެއެވެ.

ވޯކްޝޮޕްގެ އޮފިޝަލް ޓްރެވަލް ޕާޓްނަރަކީ އޭސް ޓްރެވަލްސް އެވެ. ހޯސްޓް ޕާޓްނަރަކީ މޫކައި ހޮޓެލްސް ކަމަށްވާއިރު، ސަޕޯޓިންގ ޕާޓްނަރަކީ ރިސޯޓްލައިފް ޓްރެވަލްސްއެވެ.

މި ވޯކްޝޮޕަކީ ޓްރެވަލް އެޖެންޓުން، ޓުއަރ އޮޕަރޭޓަރުން، ގެސްޓްހައުސްތައް އަދި ސަފާރީ އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ވަރަށް މުހިންމު ފުރުޞަތެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޓާޓޯއިން ޓޫރިޒަމްގެ ދާއިރާއަށް އަމާޒުކޮށް އުފެއްދުންތެރި ނަޒަރަކުން އޭއައި ބޭނުންކުރަން ދަސްކޮއްދޭ ވޯކްޝޮޕެއްޚަބަރު | 2 ގަޑިއިރު ކުރިން