logo
Bank of Maldives

Bank of Maldives

ޚަބަރު

އިންޑިއާގެ އެވޯޑް ވިނިންގ ފިލްމުތައް ހިލޭ ބަލާލުމުގެ ފުރުސަތެއް!

ޒިދާން މުޙައްމަދު
15 ޖެނުއަރީ 2026 - 11:39
އިންޑިއާގެ އެވޯޑް ވިނިންގ ފިލްމުތައް ހިލޭ ބަލާލުމުގެ ފުރުސަތެއް!

އިންޑިއާގެ އެވޯޑް ވިނިންގ ފިލްމުތައް ހިލޭ ބަލާލުމުގެ ފުރުސަތާއެކު އިންޑިއަން ފިލްމު ފެސްޓިވަލް 2026 ފެށުމަށް ތައްޔާރުވެއްޖެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދެވަނަ އިންޑިއަން ފިލްމު ފެސްޓިވަލް މިއަހަރު ކުރިއަށްދާނީ ހުޅުމާލެ ޝުވެކް ސިނަމާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރގެ ތިރީ ފަންގިފިލާގައި ހުންނަ ޝުވެކް ސިނަމާގައި މި ފެސްޓިވަލް ކުރިއަށްދާނީ މިމަހުގެ 16 އިން 20 އަށެވެ.

މިއިން ކޮންމެ ދުވަހެއްގެ ރޭގަނޑު 20:00 ގައި އިންޑިއާގައި ނަން ވިދާލި ފިލްމެއް އެޅުވުމަށް ވަނީ ހަމަޖެހިފައެވެ. މި ފިލްމުތަކަކީ އިންޑިއާގެ ބްލޮކް ބަސްޓަރ އެވޯޑް ވިނިންގ ފިލްމުތަކެވެ.

މިކަމާ ގުޅޭ ގޮތުން އިންޑިއަން ހައި ކޮމިޝަނުން މެންދުރު ޓީވީއަށް ބުނީ، ފިލްމު އަޅުވާ ކޮންމެ ރެއަކުވެސް ހަމަ ކޮންމެ މީހަކަށްވެސް ހިލޭ ސިނަމާއަށް ވަދެވޭނެ ކަމަށެވެ. ފިލްމު ފަށާ ގަޑިއަށް ސިނަމާއަށް ވަދެވޭނީ ފުރަތަމަ ދާ މީހުންނަށް އިސްކަންދޭ ތަރުތީބުންނެވެ.

ސިނަމާގައި ޖާގަ އޮތް މިންވަރަކުން ހަމަ ކޮންމެ މީހަކަށްވެސް އޮތް މި ފުރުސަތަކީ އެއްވެސް އަގަކާ ނުލާ އޮތް ފުރުސަތެއްކަމުން ވީހާވެސް ގިނަ ދިވެހީން މި ފުރުސަތުގެ ބޭނުންކުރާނެ ކަމަށް އުންމީދުކުރާ ކަމަށް އިންޑިއަން ހައި ކޮމިޝަނުން ބުނެއެވެ.

ދެއްކުމަށް ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރޭގައި "އޯގަސްޓް 16 1947"، "ސޫރަޖް ޕޭ މަންގަލް ޕާރީ"، ބޮންބާ ރައިޑް" "ސުރްޚީ ބިންޑީ" އަދި "ރަކްޝާ ބަންދަން" ފަދަ ފިލްމުތައް ހިމެނެއެވެ.

މިއީ އިންޑިއަން ވީކް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ އެވޯޑް ވިނިންގ ފިލްމުތައް ހިލޭ ބަލާލުމުގެ ފުރުސަތެއް!ޚަބަރު | 2 ގަޑިއިރު ކުރިން