logo
Bank of Maldives

Bank of Maldives

ޚަބަރު

76 ފަތުރުވެރިންނާއެކު ދަތުރުކުރަމުންދިޔަ ފެރީއެއް ފަރަށް އަރައިފި

އައިޝަތު ނަޝާ
15 ޖެނުއަރީ 2026 - 11:46
76 ފަތުރުވެރިންނާއެކު ދަތުރުކުރަމުންދިޔަ ފެރީއެއް ފަރަށް އަރައިފި

މާލެއިން ފުރައިގެން 76 ފަތުރުވެރިންނާއެކު ކ. މާފުއްޓަށް ދަތުރުކުރި ފެރީއެއް ކ. އެނބޫދޫ ފަރަށް އަރައިފިއެވެ.

މެރިން ޕޮލިސް އިންމައުލޫމާތުދޭގޮތުގައި އެ ފެރީ ފަރަށް އެރީ އިންޖީނު ހުއްޓިގެންނެވެ.މިއަދު ހެނދުނު ހިނގި މި ހާދިސާގައި އުޅަނދުން ދަތުރުކުރި އެންމެން ރައްކާތެރިކަމާއެކު ސަލާމަތް ކުރެވިފައިވާ ކަމަށްވެސް މެރިން ޕޮލިސްއިން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 11:24 ހާއިރުކަމަށާއި، ފެރީ ފަރަށް އެރީ ދަތުރުމަތީގައި އިންޖީނު ހުއްޓުމުގެ ސަބަބުން އުޅަނދު ކޮންޓްރޯލުން ނެއްޓިގެންކަަމށް މެރިން ޕޮލިސް އިން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގިއިރު އުޅަނދުގައި ޖުމްލަ 72 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 67 ފަތުރުވެރިންނާއި، 3 ދިވެހިންގެ އިތުރުން ބިދޭސީ 2 ފަޅުވެރިންނެވެ. ހާދިސާ ހިނގުމާއެކު މެރިން ޕޮލިސް އާއި ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުން، އުޅަނދުގައި ތިބި ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން މިހާރު ވަނީ ރައްކާތެރިކަމާއެކު އެހެން އުޅަނދަކަށް ބަދަލުކޮށްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، އުޅަނދުން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފަރަށް އެރި އުޅަނދު ފުންކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ. ކަ

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

76 ފަތުރުވެރިންނާއެކު ދަތުރުކުރަމުންދިޔަ ފެރީއެއް ފަރަށް އަރައިފިޚަބަރު | 2 ގަޑިއިރު ކުރިން