logo
Bank of Maldives

Bank of Maldives

ޚަބަރު

ވޯޓުފޮށި ބަހައްޓަން އެތެރޭގެ އިންތިޚާބުތަކަށް ހަދާފައިވާ ގަވާއިދުން ޖާގައެއް ނުދޭ: އޭޕީ

ޒިދާން މުޙައްމަދު
15 ޖެނުއަރީ 2026 - 12:03
އަދާލަތު ޕާޓީން މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެ ޕާޓީގެ މިހާރުގެ ބައެއް އިސްވެރިން --ފޮޓޯ/ އޭޕީ
އަދާލަތު ޕާޓީން މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެ ޕާޓީގެ މިހާރުގެ ބައެއް އިސްވެރިން --ފޮޓޯ/ އޭޕީ

ވޯޓުފޮށި ބަހައްޓަން އެތެރޭގެ އިންތިޚާބުތަކަށް ހަދާފައިވާ ގަވާއިދުން ޖާގަ ނުދޭ ކަމަށް އަދާލަތު ޕާޓީ - އޭޕީއިން ބުނެފިއެވެ.

އަދާލަތު ޕާޓީން މިހެންް ބުނީ މި މަހު 31 ގައި އެ ޕާޓީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުފޮށި ބަހައްޓަން ކެންޑިޑޭޓަކު އެދުމުން ދިން ޖަވާބުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވަނީ އާންމު މެންބަރު ޑރ. އިކްރާމް އަބްދުއްސައްތާރާއި އަދާލަތު ޕާޓީގެ ނައިބުރައީސް ޝެއިޚު މުހައްމަދު ޝިފާނެވެ.

އޭގެ ތެރެއިން އިކްރާމް މިދިޔަ އާދިއްތަ ދުވަހު ވަނީ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުފޮށި ބެހެއްޓުމަށް އެދިވަޑައިގެން ސިޓީއެއް ޕާޓީއަށް ފޮނުވާފައެވެ.

އެ ސިޓީގެ ޖަވާބުގައި އަދާލަތު ޕާޓީގެ އިންތިޚާބީ ކޮމިޓީގެ ރައީސް އަލީ ރަޝީދު އިކްރާމަށް ފޮނުވި ސިޓީގައި ބުނީ، ރައީސަކު ހޮވުމުގެ އިންތިޚާބުގެ ކަންކަން ކުރިއަށް ދަނީ ޕާޓީގެ ދުސްތޫރާއި އެތެރޭގެ އިންތިޚާބުތަކަށް ހެދިފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ.

މިގޮތުން، މިހާރު ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަށް ހެދިފައިވާ ގަވައިދުގައި ވޯޓު ފޮށި ބަހައްޓަން ޖާގައެއް ނުދޭ ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.

އެ ޕާޓީގެ އިންތިޚާބުގެ ކަންކަން އިންތިޒާމު ކުރަނީ މިނިވަންކަމާއި ދެފުށް ފެންނަކަން ކަށަވަރުވާނެ ގޮތަށް ކަމަށް ވެސް ވަނީ ބުނެފައެވެ. އެހެންވެ، ޕާޓީގެ މެންބަރުންގެ މެދުގައި އިންތިޚާބާމެދު ޝައްކު އުފެދޭ ގޮތަށް ވާހަކަ ނުދައްކަން ވަނީ އެދިފައެވެ.

ޕާޓީގެ ރައީސްކަމަށް ޝެއިޚް ޝިފާން ކުރިމަތިލެއްވީ މިހާރުގެ ރައީސް އިމްރާން އަބްދުالله އާއި، ޝެއިޚް އިޔާޒް އަބްދުއްލަތީފާއި، ޝެއިޚް އިލްޔާސް ހުސައިންގެ ތާއީދާއެކުގައެވެ.

އަދާލަތު ޕާޓީގެ ރައީސަކު ހޮވަން ބާއްވާ އެތެރޭގެ އިންތިޚާބު އޮންނާނީ މި މަހު 31 ގައެވެ.

އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލާން ހުޅުވާލިއިރު، މިދިޔަ އޭޕްރީލް 30 ގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގެން، ޕާޓީގެ ރައީސްކަމަށް ވާދަ ކުރައްވާނެކަން ހާމަކުރައްވާފައެވެ. ނަމަވެސް، އެމަނިކުފާނު މި އިންތިޚާބުގައި ވާދައެއްނުކުރައްވައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯޓުފޮށި ބަހައްޓަން އެތެރޭގެ އިންތިޚާބުތަކަށް ހަދާފައިވާ ގަވާއިދުން ޖާގައެއް ނުދޭ: އޭޕީޚަބަރު | 2 ގަޑިއިރު ކުރިން