logo
Bank of Maldives

Bank of Maldives

ޚަބަރު

 ރައީސުލްޖުމްހޫރިއްޔާ ތައިލެންޑުގެ ބޮޑުވަޒީރަށް ތައުޒިޔާ ވިދާޅުވެއްޖެ

އައިޝަތު ނަޝާ
15 ޖެނުއަރީ 2026 - 13:08
 ރައީސުލްޖުމްހޫރިއްޔާ ތައިލެންޑުގެ ބޮޑުވަޒީރަށް ތައުޒިޔާ ވިދާޅުވެއްޖެ

ތައިލޭންޑުގައި އިމާރާތް ކުރުމަށް ބޭނުން ކުރަމުން ދިޔަ ބޮޑު ކްރޭނެއް ވެއްޓި 31 މީހަކު މަރުވި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެގައުމުގެ ބޮޑުވަޒީރު، އަނޫޓީން ޗަރްވިރަކޫލްއަށް ތައުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެތައް ފުރާނައެއް ގެއްލި، ގިނަ ބަޔަކު ޒަޚަމްވި މި އެކްސިޑެންޓާ ގުޅިގެން ނުހަނު ފުން ހިތާމަ ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، ތައިލެންޑް ސަރުކާރަށާއި، މި ހާދިޘާގެ ސަބަބުން ހިތްދަތިކަން ތަޙައްމަލުކުރަމުންދާ އާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ތަޢުޒިޔާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މި ހާދިޘާގައި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، މީހުން ހޯދައި ސަލާމަތްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަންތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވެ.

އެ ހާދިސާ ހިނގާފައިވަނީ އިމާރާތް ކުރަމުން ދިޔަ ސަރަހައްދެއް ކައިރިން ރޭލެއް ދަތުރު ކުރަމުން ދަނިކޮށް، އެ ރޭލު މައްޗަށް ކްރޭން ވެއްޓިގެންނެވެ.

ބުދަ ދުވަހު މި އެކްސިޑެންޓް ހިނގާފައިވަނީ ބެންކޮކްގެ އިރުއުތުރުން 230 ކިލޯމީޓަރު (143 މޭލު) ދުރުގައި އޮންނަ ނަޚޮން ރައްޗަސިމާ ޕްރޮވިންސްގެ ސިކިއޯ ޑިސްޓްރިކްޓްގައެވެ. އެ ރޭލު ދަތުރުކުރީ ތައިލެންޑްގެ ވެރިރަށް އުބޮން ރައްޗަތާނީ ޕްރޮވިންސަށެވެ.

މި ހާދިސާގައި 28 މީހުން މަރުވެ 64 މީހުން ވަނީ ޒަޚަމްވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ، "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" އުފައްދަވައިފިޚަބަރު | ގަޑިއިރެއް ކުރިން ރައީސުލްޖުމްހޫރިއްޔާ ތައިލެންޑުގެ ބޮޑުވަޒީރަށް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | ގަޑިއިރެއް ކުރިންވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަށް 66 ޒުވާނުން ފުރައިފިޚަބަރު | 3 ގަޑިއިރު ކުރިންވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ރައީސް ބައްދަލުކުރައްވައިފި ޚަބަރު | 4 ގަޑިއިރު ކުރިން