logo
Bank of Maldives

Bank of Maldives

ޚަބަރު

އެނބޫދޫ ފަރަށް އެރި ދޯނީގައި ތިބި އެންމެން ސަލާމަތްކޮށްފި

ޒިދާން މުޙައްމަދު
15 ޖެނުއަރީ 2026 - 13:14
އެނބޫދޫ ފަރަށް އެރި ދޯނީގައި ތިބި އެންމެން ސަލާމަތްކޮށްފި

72 މީހުންނާއެކު ދަތުރުކުރި ފެރީއެއް މާލެ އަތޮޅު އެނބޫދޫ ފަރަށް އަރައިގެން، ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:24 ހާއިރުކަމަށެވެ.

މާލެއިން، މާފުއްޓަށް ދަތުރުކުރި މި ފެރީ އެނބޫދޫ ފަރަށް އަރާފައިވަނީ އިންޖީނު ހުއްޓިގެނެވެ.

ފެރީގައި ދަތުރުކުރި އެންމެން ރައްކާތެރިކަމާއެކު ސަލާމަތްކޮށްފައިވާކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި އުޅަނދުން ދަތުރުކޮށްފައިވަނީ 67 ފަތުރުވެރިންނާ، 3 ދިވެހިން އަދި 2 ބިދޭސީންނެވެ.

އުޅަނދު ފުންކުރުމުގެ މަސައްކަތް އުޅަނދުގެ ވެރިފަރާތުން އަންނަނީ ކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެނބޫދޫ ފަރަށް އެރި ދޯނީގައި ތިބި އެންމެން ސަލާމަތްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ފުރަތަމަބުރަށް ދަރިވަރުން ފުރައިފިޚަބަރު | 7 ގަޑިއިރު ކުރިން މުދާ އުފުލާ ދޯންޏެއްގައި ރޯވެ އަނދަނީޚަބަރު | 8 ދުވަސް ކުރިންމާލޭގެ ގެެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަނީޚަބަރު | 10 ދުވަސް ކުރިން