logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" އުފައްދަވައިފި

މުޙައްމަދު އަފްރާޙް
15 ޖެނުއަރީ 2026 - 17:07
ރައީސުލްޖުމްހޫރިއްޔާ، "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" އުފައްދަވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ޤާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) ގެ 38ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" އުފައްދަވައި، އެ އެޖެންސީއަކީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ހަމަޖައްސަވައިފިއެވެ. މިކަން ޢިއުލާންކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި، މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީއަކީ އިދާރީ ގޮތުން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާ ގުޅިފައިވާ އެޖެންސީއެއް ނަމަވެސް، އެ އިދާރާ ހިނގަމުންދާނީ ޤާނޫނު ނަންބަރު 30/2015 ގެ 38ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ފަދައިން، ކުޅިވަރުގެ މައިދާނުގައި ޑޯޕިންގ ކޮންޓްރޯލްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކަނޑައެޅޭ މުސްތަޤިއްލު ބޯޑެއްގެ ދަށުންކަމުގައި ބަޔާންކުރައްވާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީއަށް ދައުލަތުގެ އިދާރާތަކުން ލިއުއްވާ ސިޓީގައި ޖައްސަވާނެ ނަންބަރަކީ، 1138 ކަމުގައިވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2026/5 ވަނަ ދެންނެވުމުން މިއަދު ވަނީ އަންގަވާފައެވެ.

މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީއަކީ، 19 މޭ 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވި ޤާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ދަށުން، ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރު ކޮށްދޭނެ އެޖެންސީއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ، "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" އުފައްދަވައިފި ޚަބަރު | 2 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" އުފައްދަވައިފިޚަބަރު | 6 ގަޑިއިރު ކުރިން ރައީސުލްޖުމްހޫރިއްޔާ ތައިލެންޑުގެ ބޮޑުވަޒީރަށް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | 6 ގަޑިއިރު ކުރިންވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަށް 66 ޒުވާނުން ފުރައިފިޚަބަރު | 8 ގަޑިއިރު ކުރިން