logo
Bank of Maldives

Bank of Maldives

ޚަބަރު

ޑެންމާކުން ގްރީންލޭންޑް އެމެރިކާއަށް ވިއްކާލަންދެން ޔޫރަޕްގެ ބައިވެރިންގެ އަތުން 25 އިންސައްތައިގެ ޓެރިފް ނެގުމަށް ޓްރަމްޕް ނިންމަވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ޖެނުއަރީ 2026 - 18:00
Screenshot
Screenshot

ޑެންމާކުގެ އަމިއްލަ އިޚްތިޔާރު ލިބިފައިވާ ސަރަހައްދެއް ކަމަށްވާ ގްރީންލޭންޑް ހޯއްދެވުމަށް ޕްރެޝަރ ބޮޑުކުރުމަށް، ގްރީންލޭންޑް ގަތުމުގެ ހުއްދަ އެމެރިކާއަށް ލިބެންދެން ޑެންމާކް، ޖަރުމަނުވިލާތް އަދި އިނގިރޭސިވިލާތް ހިމެނޭ ގޮތަށް ޔޫރަޕްގެ ގިނަ ގައުމުތަކަކުން އެތެރެކުރާ މުދަލުން 25 އިންސައްތައިގެ ޓެރިފް ނަންގަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު 'ޓްރުތް ސޯޝަލް' ގައި ކުރެއްވި ދިގު ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ފެބްރުއަރީ 1 އިން ފެށިގެން "އެމެރިކާއަށް ފޮނުވާ ކޮންމެ އަދި ހުރިހާ މުދަލަކުން" ޑެންމާކް، ނޯވޭ، ސްވިޑަން، ފްރާންސް، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، ނެދަލޭންޑްސް އަދި ފިންލޭންޑުން 10 އިންސައްތައިގެ ޓެރިފް ނަންގަވާނެ ކަމަށެވެ. އަދި ޖޫން 1 އިން ފެށިގެން މި ޓެރިފް 25 އިންސައްތައަށް ބޮޑުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މި ޓެރިފް ދައްކަން ޖެހޭނީ ގްރީންލޭންޑް އެއްކޮށް އަދި ފުރިހަމައަށް ގަތުމުގެ އެއްބަސްވުމަކަށް އާދެވެންދެން،" ޓްރަމްޕް ވިދާޅުވިއެވެ.

އެ ޕޯސްޓުގައި ޓްރަމްޕް ވިދާޅުވީ ޑެންމާކް، ނޯވޭ، ސްވިޑަން، ފްރާންސް، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، ނެދަލޭންޑްސް އަދި ފިންލޭންޑުން "ނޭނގޭ ބޭނުންތަކަކު ގްރީންލޭންޑަށް ދަތުރުކޮށްފައިވާ" ކަމަށެވެ.

މިއީ އާކްޓިކްގެ އެ ރަށް ބާރުގެ ބޭނުންކޮށްގެން ހޯއްދަވާނެ ކަމަށް ޓްރަމްޕް ދެއްވި އިންޒާރުތަކާ ގުޅިގެން، ބުރާސްފަތި ދުވަހު ނޭޓޯއިން ގްރީންލޭންޑަށް ސިފައިން ފޮނުވި ފޮނުވުމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި ބަހެއް ކަމަށް ބެލެވެއެވެ.

ގްރީންލޭންޑްގެ ރައްޔިތުންގެ "ރައްކާތެރިކަމަށް މިހާރު އޮތީ އެންމެ ދެ ކުއްތާ ގާޑިޔާ" ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ނުބައި މައުލޫމާތެއް ދެއްވާފައެވެ. އަދި އެމެރިކާއަށް ގެއްލުންވާ ގޮތަށް "ޗައިނާ އާއި ރަޝިޔާއިން ގްރީންލޭންޑް ބޭނުންވާ" ކަމަށްވެސް އޭނާ ދައުވާ ކުރެއްވިއެވެ.

"މި މުގައްދަސް ބިމުގައި އެއްވެސް ބަޔަކަށް އަތެއް ނުލެވޭނެ، ވަކިން ހާއްސަކޮށް އެމެރިކާގެ ގައުމީ ސަލާމަތާއި މުޅި ދުނިޔޭގެ ސަލާމަތް މީގެ މައްޗަށް ބިނާވެފައި އޮތުމުން،" ޓްރަމްޕް ލިޔުއްވާފައިވެއެވެ.

ޑެންމާކުގެ ބޮޑުވަޒީރު މެޓޭ ފްރެޑްރިކްސަން ދާދި ފަހުން ވިދާޅުވީ ގްރީންލޭންޑްގެ ދިފާއަކީ މުޅި ނޭޓޯގެ "އާންމު ކަންބޮޑުވުމެއް" ކަމަށެވެ.

ދަ ގާޑިއަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔޫރަޕްގެ ސިފައިން ގްރީންލޭންޑަށް ފޮނުވީ، އެ ސަރަހައްދުގައި ދާއިމީކޮށް ސިފައިން ބޭތިއްބުމަކީ ކިހިނެއްވާނެ ކަމެއްތޯ ބެލުމަށާއި، އާކްޓިކްގެ ސަލާމަތާ މެދު ޔޫރަޕްގެ ނޭޓޯ މެންބަރުން ސީރިއަސްކަން އެމެރިކާއަށް ޔަގީންކޮށްދިނުމުގެ ގޮތުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގްރީންލޭންޑް ވިއްކާލަންދެން ޔޫރަޕްގެ ބައިވެރިންގެ އަތުން ބޮޑު ޓެރިފެއް ނެގުމަށް ޓްރަމްޕް ނިންމަވައިފިޚަބަރު | 3 ގަޑިއިރު ކުރިންޓްރަމްޕަކީ ކުށްވެރިއެއް، މުޒާހަރާތަކާއި މަރުވި މީހުންގެ ޒިންމާ އޭނާ ނަގަންޖެހޭނެ: ޚާމަނާއީޚަބަރު | 6 ގަޑިއިރު ކުރިންޗުއްޓީ އަށް ރާއްޖެ އަށް 60 ފަހަރު ޒިޔާރަތްކުރި އިނގިރޭސި ދެމަފިރިއަކު ރާއްޖޭގައި މަރުވެއްޖެޚަބަރު | 3 ދުވަސް ކުރިންޓެރިފް ހަނގުރާމައެއްގައި އެއްވެސް ބަޔަކު މޮޅެއް ނުވާނެ، އަހަރެމެންގެ މަސްލަހަތު ހިމާޔަތްކުރާނަން: ޗައިނާދުނިޔެ | 4 ދުވަސް ކުރިން