logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭނުން ވަނީ ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ކަންކަން ކޮށްދޭނެ ވެރިންތަކެއް: ނައިބު ރައީސް

އައިޝަތު ނަޝާ
19 ޖެނުއަރީ 2026 - 07:18
 ބޭނުން ވަނީ ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ކަންކަން ކޮށްދޭނެ ވެރިންތަކެއް: ނައިބު ރައީސް

ބޭނުންފުޅު ވަނީ ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ކަންކަން މަގުފަހިކޮށްދޭނެ ވެރިންތަކެއް ކަމަށާއި، ބޭނުންވަނީ ޖަވާބުދާރީކުރުވުމަށް ކަމަށް ބުނެ ކަންކަމަށް ހުރަސްއަޅާ ވެރިންތަކެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓު މޫސާ އަލީ ޖަލީލުގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނައިބު ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވާ ސްޕީޑުގައި މަސައްކަތް ކުރެވޭނެ ވެރިންތަކެއް ހޮވުމަށް ގޮވާލައްވާފައެވެ. އަދި މާލެ ސިޓީއަކީ ބޮޑު ތާރީޚެއް އޮތް ތަނެއް ކަމަށާއި އެތާރީޚުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ މާލެ ސިޓީގެ މޭޔަރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިންވެސް ރައްޔިތުންގެ ކުލުނާއި ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވި އެމަނިކުފާނު މާލެ ސިޓީއަށް ތަޞައްވުރު ކުރެއްވި ކަންކަން މެނިފެސްޓޯގައި ހިމަނުއްވައިގެން އެމަސައްކަތްތައް މިހާރުވެސް ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވިއެވެ. އަދި މާލެސިޓީއަށް ދިމާވެފައިވާ ބައެއް ކަންކަމަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން މާލެސިޓީ އަކީ ކާރުބާރުބޮޑު ތަނެއްކަން ފާހަގަކުރައްވާ، އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް އަމާންކަމާއި އޮމާންކަމާއެކު މާލޭގައި އުޅެވެންޖެހޭ ކަމަށެވެ.

ޕާކިން ފަދަ މައްސަލަތައް ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ރާވާފައިވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް މިހާރުވެސް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށާއި އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވޭނެ އެއްބޭފުޅަކީ މާލެސިޓީގެ މޭޔަރުކަމަށެވެ. ނަމަވެސް މިދިޔަ ދެ އަހަރު ތެރޭގައި އެގޮތަށް ކަން ހިނގާފައި ނުވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް މާލެއަށް ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވަމުން ގެންދަވާ ދުވެލީގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި އެއީ ޤައުމުދެކެ ލޯބިވާ ފަރާތަކަށް ވާންޖެހޭނެކަން ފާހަގަކުރައްވާ، ނައިބު ރައީސް ވަނީ ޕީއެންސީން އިންތިޚާބުގައި ވާދަކުރައްވަނީ އެފަދަ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިދިކޮޅުގެ ކެންޑިޑޭޓުން އިންތިހާބުވެއްޖެ ނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާނެ: ނައިބު ރައީސްޚަބަރު | 6 ދުވަސް ކުރިންޑޮމެސްޓިކް ޚިދުމަތްތައް ޒަމާނީ ޓަރމިނަލަކަށް ބަދަލުވެގެން ދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް: ނައިބު ރައީސްޚަބަރު | 22 ދުވަސް ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްކުރުމުގެ ޤައުމީ މަގުޗާޓު އިފުތިތާހުކޮށްދެއްވައިފިޚަބަރު | މަހެއް ކުރިންރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ތަރައްޤީގެ ސާފު ތަސައްވުރަކާއެކު: ނައިބުރައީސްޚަބަރު | މަހެއް ކުރިން