ކޭކު ޑިޒައިންކުރާ ފަންނުވެރިންގެ ބައިނައިލްއަޤްވާމީ އެވޯޑެއް ރާއްޖޭގައި ބާއްވަނީ
19 ޖެނުއަރީ 2026 - 12:56

ކޭކު ޑިޒައިންކުރާ ފަންނުވެރިންގެ ބައިނައިލްއަޤްވާމީ އެވޯޑެއް އަންނަމަހު ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.
މިއީ ރާއްޖޭގައި ކޭކު އެޅުމުގެ ދާއިރާގައި ތަޖުރިބާކާރު ފަރާތެއްކަމުގައިވާ މުޖުތަބާ ޢަބްދުﷲ އަމިއްލަ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. މި އެވޯޑުގައި 38 ޤައުމަކުން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ މިދާއިރާގައި މަސައްކަތްކުރާ 14 ފަރާތަކުންވެސް ވާދަކުރުމަށް ނިންމާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

Ad by Hajj Corporation
މި އެވޯޑަށް 834 ފަރާތެއް ނޯމިނޭޓްވެފައިވާއިރު، 240 ފަރާތެއް ފައިނަލިސްޓުންގެ ގޮތުގައި މިހާރުހޮވިފައިވާ ކަމަށާއި މުބާރާތަށް ހުޅުވާލުމުން އެކި ޤައުމުތަކުގެ ހުނަރުވެރިން ބައިވެރިވިކަމަށް އެވޯޑު ހިންގާ ފަރާތުން ބުނެއެވެ. މިއެވޯޑު ހަފުލާގައި 60 ދާއިރާއަކުން އެވޯޑުތައް ދިނުމަށްވަނީ ހަމަޖެހިފައެވެ.
އޭގެރެރޭގައި ކޭކު ޑިޒައިންކުރުމާއި، ޝުގަރ އާޓް ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކަށް މިއެވޯޑު ދިނުމުގައި ބަލާނެކަމަށް އިންތިޒާމުކުރާ ފަރާތުން ވަނީ ބުނެފައެވެ.
މިއެވޯޑަށް ކުރިމަތިލާފައިވާ ޤައުމުތަކުގެ ތެރޭގައި އަލްޖީރިއާ، އޮސްޓްރޭލިއާ، ބަންގްލަދޭޝް، ބްރެޒިލް، ކެނެޑާ، ޗިލީ، މިސްރު، ފްރާންސް، ހަންގޭރި، އިންޑިއާ، އިރާން، އިރާޤް ހިމެނެއެވެ. އަދި އަޔަރލޭންޑް، ޖަޕާން، އުރުދުން، މެލޭޝިއާ، ރާއްޖެ، މެކްސިކޯ، ނެދަލޭންޑްސް ވެސް ހިމެނެއެވެ.
މީގެއިތުރުން ނައިޖީރިއާ، ޕާކިސްތާން، ފިލިޕިންސް، ޕޮލޭންޑް، ރަޝިޔާ، ސަޢުދި ޢަރަބިއްޔާ، ސައުތު ކޮރެއާ، ސްރީލަންކާ، ސީރިއާ، ތައިލޭންޑް، ޓިއުނޭޝިޔާ، ތުރުކީ، އިނގިރޭސިވިލާތް، ބެލްޖިއަމް އަދި ސައުތު އެފްރިކާގެ ހުނަރުވެރިން ވެސް ބައިވެރިވާނެއެވެ.
ބައިނަލްއަޤުވާމީ ފަނޑިޔާރުންގެ ޕެނަލްއަކުން އިންސާފުކުރުމަށްފަހުގ، "ވޯލްޑް ކޭކް އަރޓިސްޓްރީ އެވަރޑްސް 2026" ގެ ނަމުގައި މި އެވޯޑު ހަފުލާ ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.


