logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއައިޓީޑީސީ އުވާލުމުގެ މަސައްކަތަށް ގެންދާނެ ބަޔަކު ހޯދަނީ

ޒިދާން މުޙައްމަދު
20 ޖެނުއަރީ 2026 - 10:02
އެމްއައިޓީޑީސީ އުވާލުމުގެ މަސައްކަތަށް ގެންދާނެ ބަޔަކު ހޯދަނީ

ރާއްޖޭގައި މެދުފަންތީގެ ޓޫރިޒަމް އިތުރަށް ތަރައްގީކޮށް، ޕްރޮމޯޓް ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގައި އުފެއްދި ކުންފުނި, މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލަން ކުރަން ޖެހޭ ލިކްއިޑޭޝަން މަަސައްކަތްތައް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެމްއައިޓީޑިސީ އުވާލުމުގެ މަަސައްކަތަށް ޝައުގުވެރިވާ ފަރާތްތަަކުން ޖެނުއަރީ 29 ވަނަ ދުވަހުގެ މެންދުރު ފަހު 1:30 އަށް އެ މިިނިސްޓްރީއަށް ގޮސް އަންދާސީ ހިސާބު ހުށަހަޅަން އެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއައިޓީސީ އުވާލުމުގެ މަސައްކަތާ ހަވާލުވާ ބަޔަކު ކުރަން ޖެހޭނެ މަަސައްކަތްތަކުގެ ލިސްޓެއް، އެ އިއުލާނާ އެކު ފިނޭންސުން ގެޒެޓްކުރިއެވެ.

ކުރަން ޖެހޭނެ މަސައްކަތްތައް
  1. އެމްއައިޓީޑީސީގެ މުދަލާއި ފައިސާ ރެކޯޑްތަކުގެ ކޮންޓްރޯލް ނަގައި އެ ތަކެތި އަގުމަގުކުރުން
  1. ކުންފުނީގެ ދަރަނީގެ ހިސާބުތައް ދެނެގަނެ، ގާނޫނީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުން
  2. ލިކްއިޑޭޝަން މަސައްްކަތްތައް ނިމުމާ އެކު ކުންފުނި އުވާލުމުގެ މަރުހަލާ ފުރިހަމަކުރުން

ފިނޭންސްގެ އިއުލާނުގައި ބުނީ އެމްއައިޓީޑީސީއަކީ ދައުލަތުގެ ކުންފުންޏަކަށް ވާތީ ލިކްއިޑޭޝަން މަސައްކަތްތައް ގެންދަން ކުރިއަށް ގެންދަން ޖެހޭނީ ދެފުށް ފެންނަ އުސޫލާއި ޒިންމާދާރުކުރުވުމާއި ގުޑްގަވާނެންސް އުސޫލުތައް އެންމެ މަތީ ފެންވަރުގައި ހިފަހައްޓައިގެން ކަމަށެވެ.

އެމްއައިޓީޑީސީގެ ހާލަތު ބަލަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި ހާއްސަ އޮޑިޓަކަށް ފަހު މިދިޔަ އަހަރު ނެރުނު އޮޑިޓް ރިޕޯޓެއްގައިވާ ގޮތުން އިން 52.35 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އެކުންފުނިން ފެށި ތިން މަޝްރޫއެއްގެ މަސައްކަތް ހުރީ ނުނިމި ހުއްޓިފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއައިޓީޑީސީ އުވާލުމުގެ މަސައްކަތަށް ގެންދާނެ ބަޔަކު ހޯދަނީޚަބަރު | ގަޑިއިރެއް ކުރިން