logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސުމީ ބަދަލުތަކަށް ތައްޔާރުވުން ހަރުދަނާކުރުމަށް ދަ އޯޕެކް ފަންޑާއެކު އެއްބަސްވުމަކަށް!

ޒިދާން މުޙައްމަދު
20 ޖެނުއަރީ 2026 - 17:18
މޫސުމީ ބަދަލުތަކަށް ތައްޔާރުވުން ހަރުދަނާކުރުމަށް ދަ އޯޕެކް ފަންޑާއެކު އެއްބަސްވުމަކަށް!

މޫސުމީ ބަދަލުތަކަށް ތައްޔާރުވުން ހަރުދަނާކުރުމަށްޓަކައި މަސައްކަތް ކުރުމަށް ދިވެހިރާއްޖެއާއި އޯޕެކް ފަންޑާ ދެމެދު އާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އޮސްޓްރިއާގެ ވިއޭނާގައި ހުންނަ އޯޕެކް ފަންޑުގެ މައި މަރުކަޒަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ފްރޭމްވޯކަކީ އޯޕެކް ފަންޑުން ދޭ މާލީ އަދި ފަންނީ އެހީތެރިކަން ރާއްޖޭގެ ޤައުމީ ތަރައްޤީގެ ސިޔާސަތުތަކާ އެއްގޮތަށް ބައްޓަންކުރުމަށް އެކުލަވައިލެވުނު އޮނިގަނޑެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ އަތޮޅުތަކުގެ އުމްރާނީ ތަރައްޤީ ފުޅާކޮށް، ސަރަޙައްދީ ތަރައްޤީގެ ހަމަހަމަކަން ޤާއިމުކުރުމާއި ދިގު މުއްދަތުގެ އިޤްތިޞާދީ ކުރިއެރުން ކަށަވަރުކުރުންކަމަށް ވުޒާރާއިން ބުނެއެވެ.

މި އެއްބަސްވުމުގެ ދަށުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ދެމެހެއްޓެނިވި އުމްރާނީ ތަރައްޤީއާއި، އިއާދަކުރަނިވި ހަކަތައާއި، މާލީ ދާއިރާގެ ހަމަޖެހުމުގެ އިތުރުން ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް ޚާއްޞަ އިސްކަމެއް ދޭނެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation



ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މިއީ އޯޕެކް ފަންޑާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި އައު ކަންޓްރީ ޕާޓްނަރޝިޕް ފްރޭމްވޯކުން ހާމަވެގެންދަނީ މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ، ދެމެހެއްޓެނިވި އުމްރާނީ ވަޞީލަތްތަކެއް ޤާއިމުކުރުމަށާއި، ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރަށްރަށުގެ އުމްރާނީ ތަރައްޤީ ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ވެސް މީގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށާއި މިއީ ދަތުރުފަތުރާއި، ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ރަށްރަށުގެ ފެންވަރުގައި އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށް ވަޒީރު ޒަމީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ފާހަގަކުރެއްވި ގޮތުގައި، ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށާއި ރަށު ފެންވަރުގެ އިޤްތިޞާދުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.

"ތަރައްޤީވަމުންދާ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، މޫސުމީ ބަދަލުތަކާއި ބޭރުގެ އެކި ގޮންޖެހުންތަކާ އަޅުގަނޑުމެން ކުރިމަތިލާންޖެހޭ. އެހެންކަމުން ބަނދަރުތަކާއި، ދަތުރުފަތުރުގެ ނިޒާމާއި، ފެނާއި ނަރުދަމާގެ އިތުރުން އިއާދަކުރަނިވި ހަކަތަ ފަދަ މުހިންމު މަޝްރޫޢުތަކަށް ބޭނުންވާ ދިގު މުއްދަތުގެ ލުއި ލޯނު ހޯދުމަށް މިފަދަ ގުޅުންތަކަކީ ކޮންމެހެން ބޭނުންތެރި ކަމެއް. މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ޤައުމުގެ ވިލުންވެރިކަން އިތުރުވެ، އިޤްތިޞާދީ ޙަރަކާތްތައް ފުޅާވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ،"

މީގެ އިތުރުން، ވޭތުވެދިޔަ މުއްދަތުގައި ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އޯޕެކް ފަންޑުން ދެމުންދާ އެއްބާރުލުމަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. ވަޒީރު ވިދާޅުވީ 1977 ވަނަ އަހަރުން ފެށިގެން އޯޕެކް ފަންޑަކީ ރާއްޖޭގެ ތަރައްޤީގެ އިތުބާރު ހުރި ބައިވެރިއެއްކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުމީ ބަދަލުތަކަށް ތައްޔާރުވުން ހަރުދަނާކުރުމަށް ދަ އޯޕެކް ފަންޑާއެކު އެއްބަސްވުމަކަށް!ޚަބަރު | ގަޑިއިރެއް ކުރިންދިވެހިރާއްޖެ އާއި އޭ.އައި.އައި.ބީ ގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އުއްމީދުކުރަން: ވަޒީރުޚަބަރު | 7 މަސް ކުރިން