logo
Bank of Maldives

Bank of Maldives

ޚަބަރު

ބީއެމްއެލްގެ 'ސްވައިޕް'ގައި ރަޖިސްޓްރީކުރަން ހުޅުވާލައިފި

އައިޝަތު ނަޝާ
31 ޖެނުއަރީ 2026 - 10:40
ބީއެމްއެލްގެ 'ސްވައިޕް'ގައި ރަޖިސްޓްރީކުރަން ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް، 'ސްވައިޕް'ގެ ލިމިޓެޑް ރިލީޒުގައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ބީއެމްެެލް އިން ބުނީ، ލިމިޓެޑް ރިލީޒުގައި ސްވައިޕް ބޭނުންކުރުމުގެ ފުރުސަތު ލިބޭނީ swipe.mv މެދުވެރިކޮށް ރަޖިސްޓްރީވާ ފުރަތަމަ 5،000 ކަސްޓަމަރުންނަށް ކަމަށާއި،އަދި ރަޖިސްޓްރީވުމަށްފަހު ކަސްޓަމަރުންނަށް ސްވައިޕްގެ ފީޗަރތައް ބޭނުން ކުރެވޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ޕަރސަން-ޓު-ޕަރސަން ޓްރާންސްފަރތަކާއި ކިއުއާރު މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތްތަކާއި، ސްވައިޕް މެދުވެރިކޮށް ހޭދަކުރާ ގޮތުގެ އިންސައިޓްސް ބަލައިލެވޭނެ ކަމަށާއި،މީގެ އިތުރުން ޕޭމަންޓް ލިންކް ފޮނުވައި، ފަސޭހަކަމާއެކު ޓޮޕްއަޕްކޮށް، ވޮލެޓުގައި ހުރި ފައިސާ ބީއެމްއެލް އެކައުންޓަށް އަނބުރާ ފޮނުވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެފައިވެއެވެ.

ސްވައިޕް ފަރުމާކޮށްފައިވަނީ، ރާއްޖޭގެ ރެގިއުލޭޓަރީ މިންގަނޑުތަކާއި، އިންޓަރނޭޝަނަލް ޕޭމަންޓް ސްޓޭންޑާޑުތަކާ އެއްގޮތަށެވެ. އަދި މަލްޓި-ކަރަންސީ ވޮލެޓެއްގެ ގޮތުގައި ބޭނުންކުރާ ސްވައިޕް ޓޮޕްއަޕް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އެކައުންޓުތަކުގައި ކޮންމެ ކްރެޑިޓް އަދި ޑެބިޓް ކާޑެއްވެސް ބޭނުން ކުރެވޭނެއެވެ.

އެންމެ ޒަމާނީ ސަލާމަތީ ގިނަ ފިޔަވަޅުތަކާއެކު ތަރައްޤީކޮށްފައިވާ އަދި ދިވެހިރާއްޖޭގެ އިތުރުން ބައިނަލްއަޤުވާމީ ޤަވާއިދުތަކާއި، ފައިސާ ދެއްކުމުގެ ޝަރުތުތަކާއި އުސޫލުތަކަށް ފުރިހަމައަށް ފެތޭ ސްވައިޕަކީ ބޭރުގެ އެހެނިހެން ވޮލެޓްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ ދިވެހި ޑިޖިޓަލް ވޮލެޓެކެވެ.

ފްރީލާންސަރުންނާއި، އޮންލައިންކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް އެކި ޤައުމުތަކުގެ ކްލައިންޓުން ނުވަތަ ކަސްޓަމަރުންގެ ފަރާތުން ފައިސާ ލިބިގަތުމަށްވެސް ސްވައިޕް އެހީތެރިވެދޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

ބީއެމްއެލްއިން 'ސްވައިޕް' އިފްތިތާޙު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އަދި އެބޭންކުން ވަނީ، މިއަހަރު " ސްވައިޕް"ގެ ޚިދުމަތް ދިނުމަށް ނިންމާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިކަމުގެ ދާއިރާ އަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 860 މިލިޔަން ޑޮލަރަށް އަރާ: ޝަރީފުޚަބަރު | 38 މިނިޓު ކުރިންސްވައިޕް މެދުވެރިކޮށް ބައިނަލް އަގުވާމީ އެކައުންޓް ހުޅުވޭނެ، މިއީ އިންގިލާބީ ބަދަލެއް: ބީއެމްއެލްގެ ސީއީއޯޚަބަރު | 4 ގަޑިއިރު ކުރިންޒުވާނުންނަށް 150،000 ރުފިޔާ ލިބޭ ލޯނެއް ބީއެމްއެލް އިން ތައާރަފުކޮށްފިޚަބަރު | 21 ގަޑިއިރު ކުރިންބީއެމްއެލްގެ ހިދުމަތް އިތުރު ހަތް ރަށަކަށް ފުޅާކޮށްފިޚަބަރު | ދުވަހެއް ކުރިން