logo
MPL

MPL

ވިޔަފާރި

ތައުލީމީ ޚިދުމަތްތަކަށް ފައިސާ ދެއްކުމުގައި ދަތިވާމަނަމަ އަވަހަށް އަންގާ: ބީއެމްއެލް

އައިޝަތު ނަޝާ
14 އޯގަސްޓު 2026 - 14:13
ތައުލީމީ ޚިދުމަތްތަކަށް ފައިސާ ދެއްކުމުގައި ދަތިވާމަނަމަ އަވަހަށް އަންގާ: ބީއެމްއެލް

އިމްތިހާން ފީ ނުވަތަ އެފަދަ ތައުލީމީ ޚިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވާނަމަ އެކަން އެންގުމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން އެދިއްޖެއެވެ.

އެ ބޭންކުން ވަނީ، މިފަދަ ހާލަތްތަކުގައި އަމަލުކުރަންވީ ގޮތާއި ދަރިވަރުން އިތުރަށް ހޭލުންތެރިކުރުވުމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ.

ބީއެމްއެލްއިން ވަނީ އަސާސީ ބޭނުންތަކަށް ކުރަންޖެހޭ ޚަރަދުތަކަށް ބޭނުންވާ ފައިސާ މެދުނުކެނޑި ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އޮންލައިންކޮށް ކުރާ ބައެއް ވިޔަފާރިތަކަށް ދުވާލަކަށް ކަސްޓަމަރުންނަށް ކުރެވޭނެ މުޢާމަލާތުގެ ޖުމްލަ ލިމިޓެއް ކަނޑައަޅާފައެވެ.

އެހެން ނަމަވެސް، ތަޢުލީމީ އަދި ޞިއްޙީ ޚިދުމަތްތަކުގެ އިތުރުން، މުހިންމު ސަބްސްކްރިޕްޝަންތަކަށް ކުރާ އަސާސީ ޚަރަދުތަކަށް މި ލިމިޓުތަކުގެ ސަބަބުން އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށް ބީއެމްއެލްއިންވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter


ބީއެމްއެލްއިން ބުނީ، ތަޢުލީމާ ގުޅުންހުރި ބައެއް އިމްތިހާން ފީތައް، މިސާލަކަށް އައިއީއެލްޓީއެސް ފަދަ ޓެސްޓުތަކުގެ ފީތައް ދައްކާއިރު، ޕޭމަންޓް ނެޓްވޯކް މެދުވެރިކޮށް މަރޗަންޓް ކެޓަގަރީ ކޯޑު ބޭންކަށް ލިބޭއިރު، އެ މުޢާމަލާތްތައް ހިނގަނީ "ތަޢުލީމީ" ދާއިރާގެ ކޯޑުގެ ދަށުން ނޫންކަން ނުވަތަ އެއްވެސް ކެޓަގަރީއެއް ކަނޑައެޅިފައި ނުވާ ކޯޑުތަކެއްގެ ދަށުންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި އެ މުޢާމަލާތްތައް ފުރިހަމަނުވެ، ޑިކްލައިންވާ ކަމަށް އެ ބޭނުްކުން ވަނީ ބުނެފައވެ.

އަދި މިފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެ މުޢާމަލާތުގެ ތަފްސީލާއެކު ބޭންކަށް ހުށަހެޅުމުން އެ މުޢާމަލާތް މުރާޖަޢާކޮށް، އެފަދަ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ ގޮތަށް، އެ ސައިޓެެއް ކަނޑައަޅައި، އެކަން ހައްލުކޮށްދޭނެ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.

މީގެ އިތުރުން، ތަޢުލީމާއި، ޞިއްޙީ ޚިދުމަތް އަދި އަސާސީ ސަބްސްކްރިޕްޝަންތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ މަގު ފަހިކޮށްދިނުމަކީ ބޭންކުން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށާއި، މިފަދަ މުޢާމަލާތްތަކަށް ފުރިހަމަ އެހީތެރިކަން ދީ، ދިމާވާ އެންމެހާ މައްސަލަތައް ހައްލުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަންވެސް ބީއެމްއެލްއިން ވަނީ ދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތައުލީމީ ޚިދުމަތްތަކަށް ފައިސާ ދެއްކުމުގައި ދަތިވާމަނަމަ އަވަހަށް އަންގާ: ބީއެމްއެލްވިޔަފާރި | ގަޑިއިރެއް ކުރިންބީއެމްއެލްގެ 'ބޭންކް ފަންޑް' ލިބޭ ޖަމިއްޔާތައް ހޮވައިފިޚަބަރު | ދުވަހެއް ކުރިންބީއެމްއެލްގެ ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓުގެ ދަށުން ހަތް ޕްރޮޖެކްޓް ނިންމައިފިޚަބަރު | 2 ދުވަސް ކުރިން"ބީއެމްއެލްއާ ގުޅޭގޮތުން ދޮގު ޚަބަރު ފެތުރުމުން ބޭރުގެ ބޭންކުތަކާއި އޮންނަ ގުޅުމަށް އަސަރު ކުރާނެ"ޚަބަރު | 3 ދުވަސް ކުރިން