logo
Bank of Maldives

Bank of Maldives

ޚަބަރު

ބީއެމްއެލްގެ ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓުގެ ދަށުން ހަތް ޕްރޮޖެކްޓް ނިންމައިފި

އަޙުމަދު ރިޝާން
12 އޯގަސްޓު 2026 - 11:57
ބީއެމްއެލްގެ ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓުގެ ދަށުން ހަތް ޕްރޮޖެކްޓް ނިންމައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓުގެ ދަށުން ރާއްޖޭގެ އެކިރަށްރަށުގައި ތައުލީމީ އަދި ތިމާވެށްޓާ ގުޅުންހުރި ކަންކަމަށް އެހީތެރިވުމުގެ ގޮތުން މުވައްޒަފުން އިސްނަގައިގެން ހިންގި ހަތް ޕްރޮޖެކް ނިންމައިފި އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މި ގްރާންޓަކީ ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، މުވައްޒަފުން އިޖުތިމާއީ ކަންކަމުގައި ބައިވެރިވާ މިންވަރު އިތުރުކުރުމުގެ މަގުސަދުގައި 2025 ވަނަ އަހަރު ތައާރަފުކުރި ގްރާންޓެކެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓުގެ ދަށުން ހިންގި ހަތް ޕްރޮޖެކްޓެއް ނިންމާލާފައިވޭ

1000048913.jpg

 

ގްރާންޓްގެ ދަށުން ނިންމި 7 ޕްރޮޖްޓަކީ:

  • ސ. އަތޮޅު ތައުލީމީ މަރުކަޒުގައި ފޮތް ކިޔުމަށް ހާއްސަ ތަނެއްގާއިމް ކުރުން - ބީއެމްއެލް މީދޫ ބްރާންޗުގެ މުވައްޒަފުން އިސްނަގައިގެން ހިންގި މި މަޝްރޫއުގެ ދަށުން، ސްކޫލް ގޯތިތެރޭގައި ފޮތްކިޔުމާއި ގްރޫޕް ސްޓަޑީ ހެދުމަށް ހާއްސަކޮށް، ހިޔާކޮށްފައިވާ ބެންޗާއި މޭޒު ބަހައްޓައިގެން ސަރަހައްދެއް ވަނީ ގާއިމުކޮށްފައެވެ.
  • ތ. އަތޮޅު ތައުލީމީ މަރުކަޒުގައި ދަރިވަރުން ކުޅޭނެ ސަރަހައްދެއް ގާއިމްކުރުން – ބީއެމްއެލް ގުރައިދޫ ބްރާންޗުގެ މުވައްޒަފުން އިސްނަގައިގެން ހިންގި މި މަޝްރޫއުގައި، ކުދިންނަށް ރައްކާތެރިކަމާއެކު، ކުޅެވޭނެ ވަސީލަތްތަކާއެކު ކުޅޭ ސަރަހައްދެއް ވަނީ ގާއިމުކޮށްފައެވެ.
  • ގދ. އަތޮޅު ސްކޫލުގައި ބެންޗްތަކާއެކު މަޑުކުރުމަށް ހާއްސަ ސަރަހައްދެއް ގާއިމްކުރުން– ބީއެމްއެލް ގައްދޫ ބްރާންޗުގެ މުވައްޒަފުން އިސްނަގައިގެން ހިންގި މި މަޝްރޫއުގެ ދަށުން، ދަރިވަރުންނާއި، މުވައްޒަފުންނާއި، ބެލެނިވެރިން އަދި ސުކޫލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިށީންނާނެ ބެންޗުތަކެއް ސުކޫލު ގޯތިތެރޭގައި ވަނީ ބަހައްޓާފައެވެ.
  • ދަރުމަވަންތަ ހޮސްޕިޓަލްގެ ސްޓޫޑަންޓް ރިސޯސް ހަބް – ބީއެމްއެލްގެ މުވައްޒަފު ހުސައިން އަލީ އިސްނަގައިގެން، ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޔޫނިއަން އަދި ދަރުމަވަންތަ ހޮސްޕިޓަލާ ގުޅިގެން ހިންގި މި މަޝްރޫއުގައި، މެޑިކަލް ދަރިވަރުންނަށް ހާއްސަކޮށް މެޑިކަލް ފޮތްތަކާއި، ޑިޖިޓަލް އުނގެނުމުގެ ވަސީލަތްތަކާއި، މައިކްރޯސްކޯޕް އަދި އެހެނިހެން ރިސޯސް ހިމެނޭ ހަބެއް ވަނީ ގާއިމުކޮށްފައެވެ.
  • ހއ. މުރައިދޫ ސުކޫލުގެ ވޯކްވޭ – ބީއެމްއެލްގެ މުވައްޒަފު މަރިޔަމް ހާނީ އިސްނަގައިގެން، މުރައިދޫ ސުކޫލުގެ ޕީޓީއޭއާ ގުޅިގެން ހިންގި މި މަޝްރޫއުގެ ދަށުން، ސުކޫލުގެ މުހިންމު ސަރަހައްދުތަކަށް ފަސޭހައިން އަދި ރައްކާތެރިކަމާއެކު ދެވޭނެ ގޮތަށް ހިނގާ މަގެއް (ވޯކްވޭ) ވަނީ ގާއިމުކޮށްފައެވެ،
  • މުރަކަ މުރާސިލް ސިޓިޒަން ސައިންޓިސްޓްސް – ބީއެމްއެލްގެ މުވައްޒަފު އަހުމަދު މާއިދު މޫސާ، މުހައްމަދު ލޫތު ހުޝާމް އަދި އާމިނަތު އިސްރާ ޖައުފަރު އިސްނަގައިގެން ހިންގި މި މަޝްރޫއުގައި، މުރަކަ ފަރުތައް ދިރާސާކުރުމަށް ބޭނުންކުރާ 60 ޓޫލްކިޓާއި އޮންލައިން ޑޭޓާ ޕްލެޓްފޯމެއް އުފައްދައި، ފަރުތަކުގެ މައުލޫމާތު އެއްކުރުމަށް މަދުވެގެން 20 ސިޓިޒަން ސައިންޓިސްޓުން ވަނީ ތަމްރީނުކޮށްފައެވެ.
  • ކުޑަހުވަދޫން ކުނި މަދުކުރުމުގެ ހަރަކާތް – ބީއެމްއެލް ކުޑަހުވަދޫ ބްރާންޗުގެ މުވައްޒަފުން އިސްނަގައިގެން، ކުޑަހުވަދޫ ކައުންސިލާ ގުޅިގެން ހިންގި މި މަޝްރޫއުގެ ދަށުން، ކުނީގެ އިންސައްތަ މަދުކޮށް، ރީސައިކަލް ކުރުމުގެ ހަރަކާތްތައް އިތުރުކުރުމުގެ ގޮތުން ރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުގައި ދަޅު ފިއްތާ މެޝިނެއް ވަނީ ބަހައްޓާފައެވެ.

ބީއެމްއެލް އިން އަންނަނީ ސުކޫލުތަކާއި، ކައުންސިލްތަކާއި، ޖަމިއްޔާތަކާ ގުޅިގެން ތައުލީމާއި ތިމާވެށްޓާ ގުޅުން ހުރި ތަފާތު މަޝްރޫއުތައް ހިންގަމުންނެވެ.

1000048909.jpg

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލްގެ ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓުގެ ދަށުން ހަތް ޕްރޮޖެކްޓް ނިންމައިފިޚަބަރު | 2 ގަޑިއިރު ކުރިން"ބީއެމްއެލްއާ ގުޅޭގޮތުން ދޮގު ޚަބަރު ފެތުރުމުން ބޭރުގެ ބޭންކުތަކާއި އޮންނަ ގުޅުމަށް އަސަރު ކުރާނެ"ޚަބަރު | ދުވަހެއް ކުރިންބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށާއި އެގްޒެކްޓިވް ލީޑަޝިޕަށް ބަދަލުތަކެއްވިޔަފާރި | 8 ދުވަސް ކުރިންއަހަރުގެ މިހާތަނަށް ބީއެމްއެލް އިން 478 މިލިޔަން ޑޮލަރު ވިއްކައިފިޚަބަރު | 11 ދުވަސް ކުރިން