logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭގެ ގުދަނެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ!

އައިޝަތު ނަޝާ
1 ފެބްރުއަރީ 2026 - 05:17
ހުޅުމާލޭގެ ގުދަނެއްގައި ރޯވެ،  ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ!

ހުޅުމާލޭ ޗަނބޭލީ5 ގޯޅިތެރޭގައި ހުރި ގުދަނެއްގައި ރޯވެ، މުދަލާއި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި،ލޮޓް ނަންބަރު 11154 ގޭގައި ހުރި ގުދަނެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަަޔާ ފައިޓަރުން ހަރަކާތްތެރިވެ ވަނީ ނިއްވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާގެ މައުލޫމާތު ރޭ 03:30 ހާއިރު އެމްއެންޑީއެފްގެ ފަޔާ ސްޓޭޝަނަށް ލިބުނުއިރު، އެމްއެންޑީއެފް އިން ބުނީ، އެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިގޮތުން، ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 03:40 ހާއިރެވެ.

ގުދަނުގެ ބޭރުގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާނުގެ ސަބަބުން ގުދަނުގެ ބިއްލޫގަނޑު ތަޅައިގެންގޮސް ގުދަނުގެ ތެރެއަށް އަލިފާންގަނޑު ފެތުރި އެތަނުގައި ހުރި މުދަލަށާއި އިމާރާތުގެ ކަރަންޓު ވަޔަރިންއަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން މަްުލޫމާތުދެއެވެ.

ހާދިސާގައި ގެއްލުންވި ގުދަން ހުރި އިމާރާތުގައި ދިރިއުޅޭ 21 މީހަކަށް މިހާރުވަނި ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ.ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ، ހަ ފަންގިފިލާއަށް ހަދާފައި ހުރި އެ އިމާރާތުގެ ކަރަންޓު ޕެނަލް ހަލާކުވެ، މުޅި އިމާރާތުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

އިމާރާތުގައި ކަރަންޓު ނެތުމުގެ ސަބަބުން އެ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިހާރު ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގެ ގުދަނެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ!ޚަބަރު | 2 ގަޑިއިރު ކުރިންނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ-2، ރަސްމީކޮށް އިފުތިތާހުކޮށްފިޚަބަރު | 12 ގަޑިއިރު ކުރިންއެމްއެންޑީއެފް އެފްއާރުއެސް އިން "ފަޔަރ ޕްރިވެންޝަން ވީކް 2026" ހަރަކާތްތައް ފަށައިފިޚަބަރު | 15 ގަޑިއިރު ކުރިންހުޅުމާލެ ހިޔާ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއްޚަބަރު | 2 ދުވަސް ކުރިން