ދިވެހި ދެމަފިރިއަކަށް ލިބުނު އެއްމާބަނޑު ތިން ކުދިން ނިޔާވެއްޖެ
2 ފެބްރުއަރީ 2026 - 03:42

ދިވެހި ޒުވާން ދެމަފިރިއަކަށް ލިބުނު އެއްމާބަނޑު ތިން ފިރިހެން ކުދިން މިއަދު ނިޔާވެއްޖެއެވެ.
ގދ. ފިޔޯރީ އާއިލާއަކަށް ނިސްބަތްވާ މި ތިން ކުދިން ނިޔާވީ އުފަންވިތާ ދުވަހެއްވެސް ނުވަނީހެވެ.

Ad by Hajj Corporation
މާލޭގައި ދިރިއުޅޭ މި ދެމަފިރިންގެ ތިން ކުދިން ނިޔާވީ، ސިއްހީ ގޮތުން "ރިސްކު ބޮޑުވުމުގެ" ސަބަބުން ޓްރީޓޮޕް ހޮސްޕިޓަލުގައި ސިޒޭރިއަން ހަދައިގެން އެ ކުދިން ނެގި ފަހުންނެވެ.
އެނގިފައިވާ ގޮތުގައި މި ކުދިން ނަގާފައިވަނީ މައިމީހާގެ ބަނޑަށް ފަސް މަހުގައެވެ. ނަމަވެސް، މިވަގުތު މައިމީހާގެ ހާލަތާ ގުޅޭގޮތުން ސާފު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
މި ތިން ކުދިންނަށް ދީފައިވާ ނަންތަކަކީ ލޫތު، ހޫދު އަދި މީކާއިލް އެވެ. މި ކުދިންގެ ބައްޕައަކީ މި ފަހުން ކިޔަވައިގެން އައި ޒުވާން ޕައިލެޓެއް ކަމަށް މައުލޫމާތު ލިބެއެވެ.
މި ތިން ކުދިން ޖަނާޒާ އޮތީ އާދީއްތަ ދުވަހު ހުޅުމާލޭ ސަހަރާގައެވެ.


