logo
Bank of Maldives

Bank of Maldives

ޚަބަރު

"ރީޑިފައިން" މަޝްރޫއު ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

ޒިދާން މުޙައްމަދު
3 ފެބްރުއަރީ 2026 - 10:47
 "ރީޑިފައިން" މަޝްރޫއު ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގައި "ރީޑިފައިން" (REDEFINE) މަޝްރޫއުގެ ހަރަކާތްތައް ތަންފީޒުކުރުމަށްޓަކައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ)، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް (އެމް.އައި.އެލް.ޖީ) އަދި ސްމޯލް އައިލެންޑް ޖިއޮގްރަފިކް ސޮސައިޓީ (ސިގްސް) އާ ދެމެދު  ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި އެލް.ޖީ.އޭގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ، ހައްވާ އިޒްވަތެވެ. އެމް.އައި.އެލް.ޖީގެ ފަރާތުން ޑިރެކްޓަރ، ޙުސައިން ވަޙީދު ސޮއިކުރެއްވިއިރު، ސިގްސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ސައިންސް އެންޑް އިނޮވޭޝަން، މިޒްނާ މުޙައްމަދެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ރީޑިފައިނިންގ ކޮންފްލިކްޓް ޕްރިވެންޝަން އެންޑް ޕީސްބިލްޑިންގ – އެމްޕަވަރިންގ ސީ.އެސް.އޯސް ފޯ ސަސްޓެއިނަބަލް ޕީސް އިން ސްރީލަންކާ އެންޑް މޯލްޑިވްސް" ގެ ނަމުގައި ހިންގޭ މި މަޝްރޫއަކީ މުޖުތަމައުތަކުގެ ތެރޭގައި ހިނގާ ދެބަސްވުންތައް ހުއްޓުވުމާއި، ސުލްހަ ގާއިމުކުރުމާއި، ކާރިސާތަކަށް ތައްޔާރުވުމުގެ ގާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގޭ މަޝްރޫއެކެވެ.

މި މަޝްރޫއުގައި ތިމާވެއްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ގުދުރަތީ ވަސީލަތްތައް ބޭނުންކުރުމާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދެވިގެން ދެއެވެ."ރީޑިފައިން" (REDEFINE) މަޝްރޫޢަކީ ޔޫރަޕިއަން ޔޫނިއަންގެ މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ. މި މަޝްރޫޢު ތަންފީޛުކުރުމުގެ މައިގަނޑު މަސައްކަތްތައް ކުރިޔަށްގެންދާނީ ސްރީލަންކާގެ ޖަމްޢިއްޔާއެއް ކަމަށްވާ "ކްރައިސަލިސް" އިންނެވެ. އަދި ރާއްޖޭގެ ފަރާތުން "ސްމޯލް އައިލެންޑް ޖިއޮގްރަފިކް ސޮސައިޓީ" (SIGS) އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ރީޑިފައިން" މަޝްރޫއު ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިޚަބަރު | ގަޑިއިރެއް ކުރިން