logo
ލ. އޮޅުވެލި ކައިރިން ބޯޓެއް އަޑިއަށްގޮސް ގެއްލުނު މީހަކު ހޯދަނީBank of Maldives

Bank of Maldives

ޚަބަރު

ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުންޖަހާލައި އެންމެން ކަނޑުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
5 ފެބްރުއަރީ 2026 - 05:47
ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުންޖަހާލައި އެންމެން ކަނޑުވެއްޖެ

ކ. ގުޅީފަޅު ކައިރިން ދަތުރުކުރަމުންދަނިކޮށް ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުންޖަހާލައި، އޭގައި ތިބި މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު ސަލާމަތްކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ "ބުލެޓް ސްޕީޑް" ނަމަކަށް ކިޔާ ލޯންޗެއް ގުޅީފަޅު ކައިރިން ދަތުރުކުރަމުން ދަނިކޮށެވެ. މި ލޯންޗު ބަންޑުންޖަހާލި ވަގުތު އޭގައި 9 ފަތުރުވެރިންނާއި، 2 ފަޅުވެރިންގެ އިތުރުން ލޯންޗުގެ ކެޕްޓަން ހުއްޓެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލޯންޗު ބަންޑުންޖަހާލުމުގެ ސަބަބުން ކަނޑުވި މީހުން ފުރަތަމަ ނަގާފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ބީޗް ސްޓޯން" ނަމަކަށް ކިޔާ ލޯންޗަކަށެވެ. އެއަށްފަހު، ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކޯސްޓްގާޑުން ވަނީ ކަނޑުވި އެންމެން އެމްއެންޑީއެފްގެ އުޅަނދަށް ބަދަލުކޮށް، މިއަދު ހެނދުނު 09:40 ހާއިރު ސަލާމަތްތެރިކަމާއެކު މާލެއަށް ގެނެސްދީފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލ. އޮޅުވެލި ކައިރިން ބޯޓެއް އަޑިއަށްގޮސް ގެއްލުނު މީހަކު ހޯދަނީޚަބަރު | 3 ގަޑިއިރު ކުރިންވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 4 ދުވަސް ކުރިންޢީދު ހަވީރު 1447 ހަރަކާތުގެ އެމްއެންޑީއެފްގެ ސްޓޯލްތަކަށް ބޮޑު ތަރުހީބެއްޚަބަރު | 19 ދުވަސް ކުރިންސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެމްއެންޑީއެފް އިން ކުރާ މަސައްކަތް ރައީސް ބައްލަވާލައްވައިފިޚަބަރު | 20 ދުވަސް ކުރިން