logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކުޅުންތެރިންނަށް ޚާއްސަ އިންޝުއަރެންސް ސްކީމެއް ފަށައިފި

އިސްމާޢިލް ރާތިޢު
6 ފެބްރުއަރީ 2026 - 04:57
ފޮޓޯ: ސާފް
ފޮޓޯ: ސާފް

ރާއްޖޭގެ ޤައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރިންނާއި، އޮފިޝަލުންނަށް މިއަދުން ފެށިގެން ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދެއްވަން ފަށްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. މިއީ ދިވެހި ކުޅިވަރުގެ ޢާއިލާއިން މިކަމަށް އެދެމުންދާތާ އެތައް އަހަރެއް ވެފައިވާ ކަމެއް ރައީސްގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

ކުޅުންތެރީންނަށް ޚާއްޞަ މި ހެލްތު އިންޝުއަރެންސްގެ ތެރެއިން، ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ވާދަކުރާ ބައިނަލްއަޤްވާމީ މުބާރާތްތަކާއި ތަމްރީނުތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައިވެސް ބޮޑެތި ލުއިތަކެއް ހޯދައިދީ، ދިވެހި އެތުލީޓުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ރައީސްގެ ޕޯސްޓްގައި ފާހަގަކުރެއްވިއެވެ.

ކުޅިވަރު ކުޅުންތެރިންނަށް ހެލްތު އިންޝުއަރެންސްގެ ފުރުޞަތު ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މީގެ އިތުރުން، ސަރުކާރަށް ދެއަހަރު ފުރުމުގެ މުނާސަބަތުގައި މެންދުރު ޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ކުޅިވަރާއި ހަށިކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުވެސް ވަނީ ކުޅުންތެރިންނަށް، ވަކީން ހާއްސަކޮށް ކޮންޓެކްޓް ސްޕޯޓްސް ކުޅޭ ކުޅުންތެރިންނަށް، ހެލްތު އިންޝުއަރެންސް ސްކީމެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މިކަން ތަސްދީގުކުރަން ފެށުމުން، ކުޅުންތެރީންގެ އިތުރުން އެފަރާތްތަކުގެ ބެލެނިވެރީންނަށްވެސް އެތައް ލުޔެއް ލިބޭނެކަން، މި ބަސްދީގަތުމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅުންތެރިންނަށް ޚާއްސަ އިންޝުއަރެންސް ސްކީމެއް ފަށައިފިކުޅިވަރު | 2 ގަޑިއިރު ކުރިން