ތުނޑީ ބަނދަރު މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފި
މުޙައްމަދު އަފްރާޙް
6 ފެބްރުއަރީ 2026 - 10:21

ލ. ގަމު"ތުނޑީ ބަނދަރު މިސްކިތް" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ހެޔޮއެދޭ ފަރާތަކުން ބިނާކޮށްދެއްވި އައު މިސްކިތް މިިއަދު ހުކުރު ނަމާދަށް ހުޅުވައިދެެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ.
.png&w=750&q=75)
Ad by Hajj Corporation
11 މެއި 2023 ގައި ޢަމަލީ މަސައްކަތް ފެށި މި މިސްކިތަކީ 342 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އިތުރު މިސްކިތްތަކެއް ހުޅުވުމަށް ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

-01.jpg&w=3840&q=75)
