logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްބީއެސްގައި ތެލަސީމިއާ ޑީއެންއޭ ޓެސްޓިން ހަދަން ފަށައިފި

ޒިދާން މުޙައްމަދު
8 ފެބްރުއަރީ 2026 - 15:41
އެމްބީއެސްގައި ތެލަސީމިއާ ޑީއެންއޭ ޓެސްޓިން ހަދަން ފަށައިފި

މޯލްޑިވްސް ބްލަޑް ސަރވިސްގައި ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭ ޑީ.އެން.އޭ ލެބޯރެޓަރީ ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

ރާއްޖޭގައި ތެލަސީމިއާ ބަލީގެ ފަރުވާ ފުޅާކުރުމަކީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދެކެވެ. އެގޮތުން ލޭގެ ބަލިތަކަށް ޚާއްސަ ކުރެވިގެން ވަށާޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކުރުމަކީ ރައީސްގެ މި ވަޢުދާ ގުޅިފައިވާ މުހިންމު ޚިދުމަތެކެވެ.

މޯލްޑިވްސް ބްލަޑް ސަރވިސަސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ލެބޯރަޓަރީ ހުޅުއްވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

ސިއްޙީ ވަޒީރު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ތެލަސީމިއާއާއި ގުޅޭ ޑީއެންއޭ ޓެސްޓިން ހެދެނީ އެންޖީއޯއަކުން ހިންގާ ކުޑަ ލެބޯޓްރީއެއްގައިކަމަށެވެ. މިއީ ސަރުކާރުގެ ދަށުން މި ޚިދުމަތް ޤާއިމުކުރާ ފުރަތަމަ ފަހަރެވެ. ވަޒީރު ވިދާޅުވީ މި ޚިދުމަތުގެ ސަބަބުން ލޭގެ ތަފާތު ތަޙުލީލުތައް ހެދި، ޚާއްސަކޮށް ތެލަސީމިއާގެ ފަރުވާ ރާއްޖޭގައި މުޅިން އެހެން ހަރުފަތަކަށް ގެންދެވޭނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ ރިޔާސީ ބަޔާނުގައިވެސް ވަނި ތެލަސީމިއާގެ ފަރުވާ ރާއްޖޭގައި ކުރިއަށްގެންދިއުމަށް ދެއްވަމުންދާ އަޙައްމިއްޔަތުކަމަށާއި، މިހާތަނަށް ހޯދާފައިވާ ކުރިއެރުންތަކާއި އަދި ސަރުކާރުން މި ދާއިރާއިން ރާވާފަވާ ކަންކަމުގެ ތަފްސީލްތައް ޙިއްސާކުރައްވާފައެވެ.

"ތެލަސީމިއާގެ ބާވަތްތައް ޞިއްޙީ މިންގަނޑުތަކަކުން ތަޙްލީލު ކުރުމުގައި، ލޭގައި ހިމެނޭ ހީމޮގްލޯބިންގެ 27 ބާވަތެއްގެ މިއުޓޭޝަން ދެނެގަތުމަށް ހަދާ އޮޓަމޭޓަޑް ޑީ.އެން.އޭ ތަޙްލީލުކުރާ ލެބޯރެޓަރީ ޤާއިމުކޮށް، ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ހިދުމަތްދޭން މިހާރު ވަނީ ތައްޔާރުވެފައި." ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓި ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މި ޚިދުމަތުގެ ސަބަބުން ލޭގެ ފަރުވާ ހޯދާ މީހުންގެ މުހިންމު ތަހުލީލުތަކެއް ކުރެވޭނެކަމަށެވެ. އަދި ރާއްޖެއިން ފެންނަ ލޭގެ ބަލިތަކުގެ ބާވަތްތަކަށް ބަލައި މިކަމަށް ޚާއްސަ ކުރެއްވިފައިވާ ކިޓްތަކެއް ފަރުމާކޮށް، ދިވެހިންނަށް ޚާއްސަ މިންގަނޑުތަކަށް ރިއާޔަތްކޮށްފަވާނެކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މީގެ ކުރިން ރާއްޖޭގައި ހަދާ ތަޙުލީލުތަކުން ދެނެނުގަނެވޭ މުހިންމު މުއޓޭޝަންތައް ދެނެގަނެވޭނެކަމުގައި ވިދާޅުވިއެވެ.

މިއީ 2025 ޖޫން 25 ވަނަ ދުވަހު މޯލްޑިވިއަން ބްލަޑް ސާރވިސަސް އަދި ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޮބިނޯޕަތީސް ސެންޓަރ ހުޅުމާލޭގައި އިމާރާތް ކުރި އައު ޢިމާރާތަށް ބަދަލު ކުރި ފަހުން ފަށާފައިވާ ތިން ވަނަ ޚިދުމަތެވެ. އޭގެ ތެރޭގައި ހިމެނެނީ އެންޑޮކްރައިނޮލޮޖީ، އެތެރެ ހަށީގެ ބަލިތަކަށް ޚާއްސަ އަދި ހެމަޓޮލޮޖީ ކްލިނިކް ގާއިމުކުރުމާއި އަދި ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރުގެ ޚިދުމަތެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްބީއެސްގައި ތެލަސީމިއާ ޑީއެންއޭ ޓެސްޓިން ހަދަން ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިން