ގްރޭޓަރ ބޭ އެއަރލައިންސް އިން ރާއްޖެއަށް ދަތުރު ފަށައިފި
9 ފެބްރުއަރީ 2026 - 09:47

ޗައިނާގެ ހޮންގ ކޮންގ ގެ ގްރޭޓަރ ބޭ އެއާލައިންސްއިން ރާއްޖެއަށް ޗާޓަރ ދަތުރުތައް ފަށައިފިއެވެ.
ގްރޭޓަރ ބޭ އެއާލައިންސްގެ ޗާޓަރ ދަތުރުތައް ރާއްޖެއަށް ފެށުން ފާހަގަކުރުމުގެ ގޮތުން އެ އެއަރލައިނުން މިއަދު ރާއްޖެ އައި ފުރަތަމަ މަތިންދާބޯޓު، އެޗް ބީ 2500 އަށް ވޯޓަރ ސެލިއުޓެއް އަރުވާފައި ވެއެވެ. އަދި އެ އެއަރލައިނުން ރާއްޖެ އައި 174 ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

Ad by Hajj Corporation
ގްރޭޓަރ ބޭ އެއަރލައިންސްގެ ޗާޓަރ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހޮންގ ކޮންގ އިން ސީދާ މާލެއަށް، ކޮންމެ ދުވަހަކު އެއް ދަތުރެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގް 737 މެކްސްގެ ފްލައިޓްތަކެވެ.
ގްރޭޓަރ ބޭ އެއަރލައިންސް އަކީ ހޮންގ ކޮންގ އިން ސީދާ މާލެއަށް ދަތުރު ފެށި ދެވަނަ އެއަރލައިންއެވެ.


