logo
Bank of Maldives

Bank of Maldives

ޚަބަރު

"ޠުރޫޤުލް ޙުކްމިއްޔާތު ފިއް-ސިޔާސަތިއްޝަރްޢިއްޔާ" ފޮތުގެ ދިވެހި ތަރުޖަމާ ނެރެފި

އިސްމާޢިލް ރާތިޢު
11 ފެބްރުއަރީ 2026 - 11:24
"ޠުރޫޤުލް ޙުކްމިއްޔާތު ފިއް-ސިޔާސަތިއްޝަރްޢިއްޔާ" ފޮތުގެ ދިވެހި ތަރުޖަމާ ނެރެފި

އިސްލާމީ ޢިލްމުގައި ފާހަގަކޮށްލެވޭ ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ މުހިއްމު މަސައްކަތުގެ ދަށުން، އިމާމު އިބްނުލްޤައްޔިމް ލިޔުއްވާފައިވާ، ރޫޤުލް ޙުކްމިއްޔާތު ފިއްސިޔާސަތިއްޝަރްޢިއްޔާގެ ދިވެހި ތަރުޖަމާ މިއަދު ނެރެފިއެވެ. 

މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ފޮތް ނެރެދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. 'ޝަރުޢީ ސިޔާސަތުގެ އަލީގައި ޙުކުމްކުުރުމުގެ ގޮތްތައް' މި ފޮތަކީ އިސްލާމީ ފިޤުހާއި ޝަރްޢީ ސިޔާސަތާއި ފަނޑިޔާރުކަމުގެ ޢިލްމުގެ މުހިންމު މަޞްދަރުތަކުގެ ތެރޭގައި ހިމެނޭ، ފާހަގަކޮށްލެވޭ ފޮތެކެވެ. އިމާމް އިބްނުލް ޤައްޔިމް ވަނީ މިފޮތުގައި އިސްލާމީ ޤަޟާއީ ނިޒާމާ ބެހޭ ފިޤުހާއި ޝަރުޢީ މަޤުޞަދުތައް ޖަމަޢަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ވަގުތާއި ޙާލަތަށް ޝަރުޢުގެ ޙުކުމްތަކާއި މަޤާޞިދުތައް ފައްތާނެ ގޮތްތަކުގެ އިތުރުން، ޢަދުލުވެރިކަމާއި ޙައްޤު ޤާއިމުކުރާނެ ޤަވާޢިދުތަކާއި ހަމަތަކާއި ހެއްކާއި ޤަރީނާއާ ގުޅޭ ގޮތުން ޝަރުޢުގައި ބަޔާންވެގެންވާ އަސާސްތަކާއި މަބާދިއުތައްވެސް މިފޮތުގައި ގެންނަވާފައިވެއެވެ. ޚަޞްމުންގެ މެދުގައި ޢަދުލަށް ޙުކުމްކުރާނެ ގޮތްތައް ގެންނަވާފައިވެއެވެ.

845 ޞަފްޙާ އެކުލެވޭ މިފޮތަކީ އިސްލާމީ ޤަޟާއީ ޢިލްމު (އިސްލާމިކް ޖުޑިޝަލް ސައިންސް) ގެ ދާއިރާއިން ދިވެހިރާއްޖޭގައި ދިވެހި ބަހުން ޝާއިޢުކުރެވޭ އެންމެ ބޮޑު ފޮތްކަން ފާހަގަކޮށްލެވެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން މި ފޮތް ތަރުޖަމާ ކުރެއްވީ އައްޝައިޚް ޢަލީ ނަޖީބެވެ. އަދި މި ފޮތް މުރާޖަޢާ ކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

މިފޮތަކީ، އިމާމު އިބްނުލްޤައްޔިމް ލިޔުއްވާފައިވާ (الطُّرُقُ الْحُكْمِيَّةُ فِي السِّيَاسَةِ الشَّرْعِيَّةِ) މިފޮތުގެ ދިވެހި ތަރުޖަމާ އެވެ. އިމާމު އިބްނުލްޤައްޔިއްމު ލިޔުއްވާފައިވާ މި ފޮތަކީ އިސްލާމީ ފިޤުހާއި ޝަރްޢީ ސިޔާސަތާއި ފަނޑިޔާރުކަމުގެ ޢިލްމުގެ މުހިންމު މަޞްދަރުތަކުގެ ތެރޭގައި ހިމެނޭ ފާހަނގަކޮށްލެވޭ ވަރަށް ޢިލްމީ ފޮތެކެވެ. އެކަލޭގެފާނު ވަނީ މިފޮތުގައި އިސްލާމީ ޤަޟާއީ ނިޒާމާ ބެހޭ ފިޤުހާއި ޝަރުޢީ މަޤުޞަދުތައް ޖަމަޢަކުރައްވާފައެވެ. އަދި ވަގުތާއި ޙާލަތައް ޝަރުޢުގެ ޙުކުމްތަކާއި މަޤާޞިދުތައް ފައްތާނެ ގޮތްތަކާއި ޢަދުލުވެރިކަމާއި ޙައްޤު ޤާއިމުކުރާނެ ޤަވާޢިދުތަކާއި ހަމަތަކާއި ހެއްކާއި ޤަރީނާއާ ގުޅޭ ގޮތުން ޝަރުޢުގައި ބަޔާންވެގެންވާ އަސާސްތަކާއި މަބާދިއުތައް ގެންނަވާފައެވެ. ޚަޞްމުންގެ މެދުގައި ޢަދުލަށް ޙުކުމްކުރާނެ ގޮތްތައް ގެންނަވާފައިވެއެވެ. މީގެ އިތުރުން ޙައްޤުތައް ޙިމާޔަތްކުރާނޭގޮތުގެ ޙުކުމްތައް ބަޔާންކުއްވައި ޝަރުޢީ ސިޔާސަތަކީ ޝަރުޢުގެ މަޤާޞިދުތައް ތަންފީޒުކުރުންކަން ކަށަވަރު ކުރައްވާފައެވެ. ޙުކުމްކުރުމުގެ މަޤުޞަދަކީ ޢަދުލުވެރިކަން ޤާއިމުކުރުންކަމަށާއި، އަނިޔާވެރިކަމަށް މަގުފަހިވާ އެންމެހައި ކަންކަން ނައްތާލުންކަން ބަޔާންކުރައްވައި ޝަރުޢީ ހަމަތަކުގެ މަތިން ޙުކުމްކުރުމުގެ ގޮތްތައް ކީރިތި ޤުރުއާނާއި ސުންނަތުގެ މަންހަޖުގެ އަލީގައި ބަޔާންކުރައްވާފައިވެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިސްލާމީ ޢިލްމު ދިވެހި ބަހަށް ތަރުޖަމާކުރުމަށްޓަކައި 2024 ވަނަ އަހަރު ކަނޑައެޅި މަޝްރޫޢުގެ ދަށުން ތަރުޖަމާކޮށް ޝާއިޢުކުރުމަށް ނިންމާފައިވާ ފޮތްތަކުގެ ތެރޭގައި ހިމެނޭ މިފޮތް ތަރުޖަމާކޮށް ޝާޢިއު ކުރުމަކީ ވުޒާރާއަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަން ވުޒާރާއިން ފާހަގަކޮށްފައި ވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ޠުރޫޤުލް ޙުކްމިއްޔާތު ފިއް-ސިޔާސަތިއްޝަރްޢިއްޔާ" ފޮތުގެ ދިވެހި ތަރުޖަމާ ނެރެފިޚަބަރު | 2 ގަޑިއިރު ކުރިންރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ ސެޕްޓެމްބަރުގައި އަޅަނީޚަބަރު | 6 ދުވަސް ކުރިން "ޒަކާތް އަސްނާފު ކާޑު" އިފްތިތާޙުކޮށްފިޚަބަރު | 8 ދުވަސް ކުރިންސިޔާސީ ގޮތުން ޚިޔާލު ފާޅުކުރުމުގައި އިސްލާމްދީނުގެ ޙުކުމްތަކަށް އިޙުތިރާމްކުރަންޖެހޭ: ވަޒީރު ޝަހީމްޚަބަރު | 19 ދުވަސް ކުރިން