logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭގެ ހުރިހާ ބިމެއްގެ މަޢުލޫމާތު ހިމެނޭ ސިސްޓަމެއް ގާއިމުކުރަނީ

ޒިދާން މުޙައްމަދު
16 ފެބްރުއަރީ 2026 - 09:57
DCIM\100MEDIA\DJI_0188.JPG
DCIM\100MEDIA\DJI_0188.JPG

މާލެސިޓީގެ ހުރިހާ ބިމެއްގެ މަޢުލޫމާތު ހިމެނޭ " ލޭންޑް އިންފޮމޭޝަން ސިސްޓަމް" ގާއިމްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުން ކަމަށް މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ އާދަމް ޢާޒިމް މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލް ހޯލުގައި މިރޭ ކުރިއަށްދިޔަ 2026 ވަނަ އަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޭޔަރ ޢާޒިމް ވިދާޅުވީ މާލެސިޓީގެ ހުރިހާ ބިމެއްގެ މަޢުލޫމާތު ހިމެނޭ " ލޭންޑް އިންފޮމޭޝަން ސިސްޓަމް" ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު GIS މެޕުން މާލެސިޓީގެ ހުރިހާ ބިމެއްގެ މަޢުލޫމާތު ލިބިގެންދާނެ ކަމަށާއި މިކަމަށް ބޭނުންވާ ލައިސަންސް މިހާރުވަނީ ހޯދިފައި ކަމަށެވެ. މީގެ އިތުރުން، މާލެސިޓީގެ ބިންތައް ކުއްޔަށް ދިނުމުގައި ބިމުގެ ބޭސްރޭޓް ނުވަތަ އެންމެ އެކަށޭނެ އަގު ކަނޑައެޅުމަށް ގެންގުޅެވިދާނެ މިންގަނޑެއް އަދި މިކަމާގުޅޭ އުސޫލެއް އެކުލަވާލުމުގެގޮތުން ކުރަމުންދާ މަސައްކަތް މިމަސްތެރޭ ނިމޭނެ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

"މިފަދަ އުސޫލެއް އެކުލަވާލުމުގެ ސަބަބުން އެއްހަމައަކުން ބިންތަން ދޫކުރުމާއި ކައުންސިލަށް އެންމެ ފައިދާކުރާނެގޮތެއްގެ މަތިން ބިންތައް ދޫކުރުން ތަރުތީބުވެގެން ދާނެ." މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

ކުރިމަގުގައި މާލެ އޮންނާނެ ގޮތުގެ ޕްލޭންގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ފުޅުދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، މާލޭގެ ލޭންޑް ޔޫސް ޕްލޭން، ނުވަތަ "ރީ ތިންކް މާލެ ސްޓްރެޓަޖީ" އެކުލަވާލުމުގެ މަސައްކަތްތައް މިހާރު ކުރެވެމުންދާ ކަމަށާއި އަދި މިކަމަށް އާންމުންގެ ޚިޔާލުހޯދުމުގެ ގޮތުން 10 ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށެވެ. އަދި އާންމުންގެ ޚިޔާލު ހޯދުމަށް އެދި ގޫގަލް ފޯމެއް ސޯޝަލް މީޑިއާގައިވެސް ވާނީ ހިއްސާކޮށްފައި ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް ވިދާލުވީ ރީ ތިންކް މާލެ ސްޓްރެޓަޖީއަކީ ، މާލެ ސިޓީގައި ދިރިއުޅޭ އެންމެން ކޮންމެ ދުވަހަކުހެން ކުރިމަތިލާޏްޖެހޭ ގޮންޖެހުންތަކަށް ހައްލެއްހޯދުން ކަމަށެވެ. " އެއީ ޖާގައިގެ ދަތިކަން، ފުރިބާރުވެފައިވާ މަގުތައް ، ގެދޮރުގެ ދަތިކަން އަދި ތިމާވެއްޓަށް އަންނަ ބަދަލުތައް ކަމުގައި ވިޔަސް. މަޤްސަދަކީ ، ލިބިފައިވާ ޖާގަ ވިސްނުންތެރިކަމާއެކު ބޭނުންކޮށް ، އެއްތަނުން އަނެއް ތަނަށް ދިއުން ކުރިއަށްވުރެ ރަނގަޅުކޮށް ، އާންމުންނަށް ބޭނުން ކުރެވިދާނެ ގޮތަށް ހުންނަ ހުސްތަންތަން ޙިމާޔަތްކޮށް ، މާލެ ސިޓީއަކީ މިހާރަށްވުރެ ދިރިއުޅެން ފަސޭހަ ރަނގަޅުތަނަކަށް ހެދުން." މޭޔަރ ޢާޒިމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މީގެއިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، މި ކުރެވޭ މަސައްކަތްތަކަކީ ބިން ބޭނުންކުރެވޭނެގޮތުގެ ، އުޞޫލެއް އެކަށަ އެޅުން އެކަންޏެއް ނޫން ކަމަށާއި މިއީ މިއަދުގެ ޒުވާނުން އަދި އަންނަންއޮތް ޖީލުތަކުގެ ދިރިއުޅުން ބައްޓަންވެގެން ދާނެގޮތާ ގުޅިފައި އޮތްކަމެއް ކަމަށެވެ. އަދި ޒުވާނުންގެ އުފެއްދުންތެރި ޚިޔާލާ ، ޖޯޝް އަކީ މާލެ ސިޓީ ، ކުރިމަގުގައި އޮންނާނެގޮތް އެކަށައެޅިގެންދާއިރު ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ ހުރިހާ ބިމެއްގެ މަޢުލޫމާތު ހިމެނޭ ސިސްޓަމެއް ގާއިމުކުރަނީޚަބަރު | 2 ގަޑިއިރު ކުރިން