ކޮކީސް ރަމަޟާން ޓޯއީ ޑްރައިވް 2026: ބޭނުން ޖެހިފައިވާ ކުއްޖަކަށް ހައިރާތެއް ކުރުމުގެ ފުރުސަތު!
19 ފެބްރުއަރީ 2026 - 10:55

ކޮކީސް ރަމަޟާން ޓޯއީ ޑްރައިވް 2026 ފަށައި ބޭނުން ޖެހިފައިވާ ކުއްޖަކަށް ހައިރާތެއް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ކުޑަކުދިންގެ ކުޅޭ ސާމާނު ފަދަ ކުޑަކުދިންނާ ގުޅުންހުރި ތަކެތި ފުޅާދާއިރާއެއްގައި ވިއްކާ ފިހާރަ "ކޮކީ"އިން ކުރިއަށްގެންދާ ހަރަކާތެކެވެ. ކޮކީ ފިހާރާއިން ކުރިއަށް ގެންދާ މި ހަރަކާތުގައި، ބޭނުންނުކުރާ އަންނައުނު ނުވަތަ ކުޅޭ ތެކެތި ބޭނުންޖެހިފައިވާ އެހެން ކުއްޖަކަށް ހައިރާތެއްގެ ގޮތުގައި ދިނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Ad by Hajj Corporation
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިމެލޮޕްމަންޓް އާއި މަަމްސް އެއިޑްއާ ގުޅިގެން ކުރިއަށްގެންދާ ކޮކީސް ރަމަޟާން ޓޯއީ ޑްރައިވް 2026ގައި، ބޭނުންނުކުރާ އަންނައުނު ނުވަތަ ކުޅޭ ތެކެތި ކޮކީސްގެ ކޮންމެ ފިހާރައަކުން ވެސް ބަލައިގަންނާނެއެވެ. މިގޮތުން މާލޭގައި ހުންނަ ކޮކީސްގެ ހަތަރު ފިހަރާއާއި ހުޅުމާލޭގައި ހުންނަ ފިހާރައިން ތަކެތި ބަލައިގަންނާނެއެވެ.
އެ ފިހާރަތަކަށް ބަލައިގަންނަ ތަކެތި، ބޭނުން ޖެހިފައިވާ ކޮންމެވެސް ކުއްޖަކަށް ނުވަތަ އާއިލާއަށް ކޮކީސްގެ ފަރާތުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިމެލޮޕްމަންޓް އާއި މަަމްސް އެއިޑްއާ ގުޅިގެން ފޯރުކޮށްދޭނެއެވެ. ތަކެތި ބަލައިގަންނާނީ ރޯދަ މަހުގެ ފުރަތަމަ ދެ ހަފުތާގައެވެ.
މިހަރަކާތަށް ތަކެތ ހަދިޔާކުރަން ކޮކީސްގެ ފިހާރަތަކަށްދާ ކުޑަކުދިންނަށް ހާއްސަ ސެޓްފިކެޓެއް ދޭނެއެވެ. އަދި ކޮކީސްގެ ފިހާރަތަކުން ވިޔަފާރިކުރުމަށް 10 އިންސައްތަ އޮފް ލިބޭ ވައުޗަރެއްވެސް ދޫކުރާނެއެވެ.


އެނގުން މުހިންމު:
"ހައިރާތެއް" (Charity/Donation) އަކީ އާންމުކޮށް ފަގީރުންނަށް ނުވަތަ ބޭނުންޖެހިފައިވާ މީހުންނަށް އޯގާތެރިކަމާއެކު ހިލޭ ދެވޭ އެހީއެއް (މުދާ، އަންނައުނު، ފައިސާ، ނުވަތަ ކާބޯތަކެތި) ނުވަތަ ހެޔޮ ކަމެކެވެ. މިއީ ދީލަތިކަމާއެކު ދެވޭ ސަދަގާތެއްގެ ގޮތުގައި އިސްލާމީ އަދި ދިވެހިބަހުގެ މުއާމަލާތްތަކުގައި ބޭނުންކުރާ ބަހެކެވެ.
ހައިރާތުގެ މުހިންމު ކަންތައްތައް:
މާނަ: ހެޔޮ ނިޔަތުގައި ކުރާ އެހީ.
ބޭނުން: ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވުން.
މަގުސަދު: ދީލަތިކަން އިސްކޮށް، އޯގާތެރިކަން ފާޅުކުރުން.
އިސްލާމީ ނަޒަރު: ހެޔޮ އަމަލެއްގެ ގޮތުގައި ބެލެވޭ، މާތް ﷲ ގެ ހަޟްރަތުން ދަރުމަ ލިބޭ ކަމެއް.


