logo
Bank of Maldives

Bank of Maldives

ޚަބަރު

ރަމަޟާންމަހާއެކު އެމްބީއެސްގެ އިލްތިމާސް: ލޭ ހަދިޔާކުރައްވާ!

ޒިދާން މުޙައްމަދު
19 ފެބްރުއަރީ 2026 - 12:14
ރަމަޟާންމަހާއެކު އެމްބީއެސްގެ އިލްތިމާސް: ލޭ ހަދިޔާކުރައްވާ!

ބައެއް ގްރޫޕްތަކުގެ ލޭ ލިބުމުގެ ދަތިކަން އަދިވެސް އޮޮތުމާއި ގުޅިގެން މި ރަމަޟާން މަހުވެސް ލޭ ހަދިޔާ ކުރުމަށް މޯލްޑިވްސް ބްލަޑް ސަރވިސަސްއިން އިލްތިމާސްކޮށްފިއެވެ.

ތެލަސީމިއާ ކުދިންނަށް ބޭނުންވާ ލޭ ލިބުން ދަތިވެ، ލޭ ހަދިޔާކުރަން ގޮވާލުމާއެކު ދާދިފަހުން އެކި މުއައްސަސާތަކުން ވަނީ ލޭ ހަދިޔާކުރުމަށް ބްލަޑް ކޭމްޕްތަކެއް ބާއްވާފައެވެ.

މޯލްޑިވްސް ބަލަޑް ސަރވިސަސްއިން ބުނީ އެހަރަކާތްތަކާއެކުވެސް އަދިވެސް ބައެއް ގްރޫޕް ތަކުގެ ލޭ ހުރި މިންވަރު މަދުކަމަށެވެ. އެގޮތުން މިހާރުވެސް ބީ- ނެގަޓިވް، އޭ- ނެގަޓިވް އަދި އޭބީ ނެގެޓިވް ލޭ ލިބުމުގެ ދަތިކަން ކުރިމަތިވާކަމަށެވެ.

ރަމަޟާން މަސްތެރޭ ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން އެމްބީއެސް އަދި އައިޖީއެމްއެޗްއަށް ހެނދުނު 09:00 އާއި 11:30އާ ދެމެދު އަދި ރޭގަނޑު 20:00އިން ދަންވަރު 01:00ގެ ދެމެދު ލޭ ހަދިޔާ ކުރެވޭނެއެވެ. ހަމައެއާއެކު، ލޭ ހަދިޔާ ކުރަން ދިއުމުގެ ކުރިން އެމްބީއެސްގެ ލެބް ހޮޓްލައިން، 9890991 އަށް ގުޅައި މަޢުލޫމާތު ސާފުކުރުމަށް އެމްބީއެސްއިން އިލްތިމާސްކުރެއެވެ. ތެލްސީމިއާ ޕޭޝަނުންޓުންނަށް ލޭ ހަދިޔާ ކުރާނަމަ، އެކަން ލޭ ހަދިޔާ ކުރާ މަރުކަޒުގައި ތިބޭ މުވައްޒަފުންނަށް އަންގާލުމަށްވެސް އެސަރވިސަސްއިން ވަނީ އެދިފައެވެ.

ލޭ ހަދިޔާ ކުރުމުގެ ކަންކަން ވީހާވެސް ފަސޭހަކަމާއެކު ކުރިއަށްގެންދިޔުމަށް އެކަމަށް ޚާއްސަ އެޕްލިކޭޝަނެއް ތައާރަފްކުރުމުގެ މަސައްކަތް މޯލްޑިވްސް ބަލަޑް ސަރވިސަސްއިން ދަނީ ކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު މި މުޖުތަމައުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް ދަތިކަމަކީ އެކިއެކި ސިއްޙީ ސަބަބުތަކާހެދި ލޭ އަޅަންޖެހޭ މީހުންނަށް ލޭ ހޯދުމުގައި ދިމާވާ ދަތިކަމެވެ. ބަލި މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައިި ލޭ ހޯދުމަކީ ދަތި އުނދަގޫ ކަމަށް އޮންނަނީވެފައެވެ. ކޮންމެ ދުވަހަކުވެސް ލޭ ހޯދުމަށް އެކި މީހުން ކުރަމުން އަންނަ މަސައްކަތް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުން އަންނަނީ ފެންނަމުންނެވެ.

މިހާތަނަށް ކުރެވިފައިވާ ދިރާސާތަކުން ދައްކާގޮތުގައި ޤަވާއިދުން ލޭ ހަދިޔާ ކުރުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ޤަވާއިދުން ލޭ ހަދިޔާ ކުރުމުގެ ސަބަބުން ހަށިގަނޑަށް އޭގެ އެއްވެސް ނުރަނގަޅު އަސަރެއް ކުރާކަމަކަށްވެސް ދައްކާފައެއް ނުވެއެވެ.

ނަމަވެސް ގަވާއިދުން ލޭ ހަދިޔާ ކުރާ މީހެއް ވެއްޖިއްޔާ ސަމާލުކަން ދޭންޖެހޭ ކަންތައްތައް ހުންނާނެއެވެ. އެގޮތުން މީހާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ރަނގަޅު ކާނާ ކެއުމާއި ކަސްރަތު ކުރުންފަދަ ކަންތައްތަކަކީ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ކުރަންޖެހޭ ކަންތައްތަކެވެ. މިފަދަ ކަންތައްތަކަށް ސަމާލުކަން ދީގެން ކޮންމެ މީހަކުވެސް ޤަވާއިދުން ލޭ ހަދިޔާ ކުރާނަމަ އެއީ އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް އޮތްކަމެއް ނޫނެވެ.

ލޭ ހަދިޔާ ކުރުމަކީ އިންސާނިއްޔަތަށް ކުރެވޭ މަތިވެރި ޚިދުމަތެކެވެ. ސިއްހީ ގޮތުން ބަލާއިރުވެސް ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ. އަހަރެމެންގެ މުޖުތަމައުގައި ލޭ ހަދިޔާ ކުރަން ފަސްޖެހުމުގެ އެންމެ ބޮޑު އެއް މައްސަލައަކީ މިކަމާ ގުޅިގެން އޮންނަ ހޭލުންތެރިކަން ކުޑަވުމެވެ. ލޭ ހަދިޔާކުރުމުގެ ސަބަބުން ލިބޭ ބައެއް ސިއްހީ ފައިދާތަކުގެތެރޭގައި ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ކުޑަ ކޮށްދިނުމާއި ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަ ކޮށްދިނުމާއި މިހާގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުމުގެ އިތުރުން ބަރުދަން ލުއި ކުރުމަށް އެހީވެދިނުން ހިމެނެއެވެ.

ލޭ ދޭ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ލޭ ހަދިިޔާކުރުމަކީ އިންސާނެއްގެ ހައިސިއްޔަތުން ކޮންމެ މީހަކު ވެސް ކުރަންޖެހޭ ކަމެކެވެ. ލެއަކީ ކޮންމެ އިންސާނަކަށް ވެސް ލިބިފައިވާ ނިޢުމަތަކަށް ވާއިރު، އޭގެން ޞަދަޤާތްކޮށް، ލޭ ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަކީ މުހިންމުކަމެއްކަމަށް އެ ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ. އަދި ލޭދިނުމަކީ ލޭދެވޭ ޙާލަތެއްގައި ހުންނަ ކޮންމެ މީހެކު ވެސް ކުރުން ލާޒިމުކަމެއްގެ ގޮތުގައި ލޭ ހަދިޔާކުރާ ގިނަ ފަރާތްތަކުން އަންނަނީ ސިފަކުރަމުންނެވެ.

ލޭ ހަދިޔާކުރާ ގިނަ ފަރާތްތަކުން ބުނާގޮތުގައިި، ލޭ  ބޭނުންވާ ކުދިން އުފުލަމުންދާ ތަކުލީފުތައް އިހުސާސް ވާނީ އެފަދަ ޙާލަތަކަށް ދިޔުމުންނެވެ.

ލޭ ހަދިޔާކުރުމަކީ އެހެން މީހެއްގެ ފުރާނަ ރައްކާތެރިކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވީއިރު، މިކަމުގައި ވީހާވެސް ގިނަ ބަޔަކުު ޝާމިލްވުމަށް ކަމާ ގުޅުންހުރި ފަރާތްތަކުން އަންނަނީ ބާރުއަޅަމުންނެވެ. ހަމަ އެހެންމެ، މިކަމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއަކަށް ހަދާ، ލޭ ހަދިޔާކުރުމުގެ މި މާތް މަސައްކަތުގައި އެންމެންވެސް ބައިވެރިވުމަކީ މުހިންމު ކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަމަޟާންމަހާއެކު އެމްބީއެސްގެ އިލްތިމާސް: ލޭ ހަދިޔާކުރައްވާ!ޚަބަރު | 2 ގަޑިއިރު ކުރިން