logo
Bank of Maldives

Bank of Maldives

ޚަބަރު

31 އަހަރަށްފަހު ތެލަސީމިއާ ސެންޓަރު ހުކުރު ދުވަހު ހުޅުވައި ޚިދުމަތް ދޭން ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ފެބްރުއަރީ 2026 - 11:47
ރައީސް މުޢިއްޒު ތެލަސީމިއާ އައު ސެންޓަރު ހުޅުވާދެއްވުމަށްފަހު، ފޮޓޯ: ރައީސް އޮފީސް
ރައީސް މުޢިއްޒު ތެލަސީމިއާ އައު ސެންޓަރު ހުޅުވާދެއްވުމަށްފަހު، ފޮޓޯ: ރައީސް އޮފީސް

ކޮންމެ ހުކުރު ދުވަހެއްގައިވެސް ތެލަސީމިއާ ސެންޓަރު ހުޅުވައި، ލޭ އެޅުމުގެ ޚިދުމަތް ރަސްމީކޮށް ދޭން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.

މިއީ 1994 ވަނަ އަހަރުގެ ޑިސެމްބަރ 29 ވަނަ ދުވަހު ތެލަސީމިއާ ސެންޓަރު ހުޅުވިފަހުން، ފާއިތުވި 31 އަހަރުގެ ދިގު ތާރީޚުގައި ރަސްމީކޮށް ހުކުރު ދުވަހެއްގައި އެ ސެންޓަރު ހުޅުވައި ޚިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް މުޢިއްޒު ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ވިދާޅުވީ، 20 ފެބްރުއަރީ 2026 ވީ ހުކުރު ދުވަހުން ފެށިގެން ކޮންމެ ހުކުރު ދުވަހަކުވެސް މި ޚިދުމަތް ލިބޭނެ ކަމަށެވެ.

މިގޮތުން މިދިޔަ ހުކުރު ދުވަހު (20 ފެބްރުއަރީ 2026) އެކަނިވެސް ޖުމްލަ 14 ޓްރާންސްފިއުޝަން ހަދާފައިވާއިރު، 5 ފަރާތަކުން ވަނީ ލޭ ހަދިޔާކޮށްފައެވެ. ސަރުކާރުން ނިންމާފައިވަނީ މި ރަމަޟާން މަސް ނިމުމުންވެސް، ކޮންމެ ހުކުރު ދުވަހެއްގެ ވަކި ގަޑިތަކެއްގައި ލޭ އެޅުމުގެ ޚިދުމަތް ކުރިއަށް ގެންދިއުމަށެވެ. މީގެ ސަބަބުން އަތޮޅުތަކުން ހަފްތާ ބަންދާ ދިމާކޮށް މާލެ އަންނަ ފަރާތްތަކަށާއި، އާންމުކޮށް ލޭ ހަދިޔާކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތެލަސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް ލުއިފަސޭހަކޮށްދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. އެގޮތުން ތެލަސީމިއާ ކުދިންނަށް 1000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކު ދޭން ފެށުމުގެ އިތުރުން ފާހަގަކޮށްލެވޭ ބައެއް ކަންކަމަކީ:

ބޯންމެރޯ ޓްރާންސްޕްލާންޓް: ދައުލަތުގެ ފުރިހަމަ އެހީގައި ކޮންމެ އަހަރަކުވެސް ކަނޑައެޅޭ ވަކި އަދަދަކަށް ކުދިން ބޯންމެރޯ ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވުން.

ޚާއްޞަ ހޮސްޕިޓަލެއް: ތެލަސީމިއާ ކުދިންނަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތަށް ހުޅުމާލޭގައި ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތް ފެށުން.

ހިލޭ ބޭހާއި ސާމާނު: ލޭ އެޅުމަށް ބޭނުންވާ ފިލްޓަރާއި މުހިންމު ބޭސްތައް އާސަންދަ އަދި އެންސްޕާގެ ދަށުން ހިލޭ ލިބޭނެ އިންތިޒާމު ހަރުދަނާކުރުން.

10 އަހަރުގެ މާސްޓަރ ޕްލޭން: ބަލި ކޮންޓްރޯލްކޮށް ފަރުވާ ހަރުދަނާކުރުމަށް 10 އަހަރު ދުވަހުގެ ދިގު ރޭވުމެއް އެކުލަވައިލުން.

ސްކްރީނިންގ ފުޅާކުރުން: ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތެލަސީމިއާ އަށް ސްކްރީން ކުރެވޭނެ ނިޒާމު ގާއިމުކޮށް ހޭލުންތެރިކަން އިތުރުކުރުން.

މީގެ އިތުރުން، ބޭރުގެ މާހިރުންގެ ލަފާ ހޯދައިގެން ފަރުވާގެ ފެންވަރު މަތިކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. މި ހުރިހާ ފިޔަވަޅުތަކަކީ ތެލަސީމިއާ ކުދިންނަށް ކުރިމަތިވާ މާލީ އަދި ނަފްސާނީ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

31 އަހަރަށްފަހު ތެލަސީމިއާ ސެންޓަރު ހުކުރު ދުވަހު ހުޅުވައި ޚިދުމަތް ދޭން ފަށައިފިޚަބަރު | ގަޑިއިރެއް ކުރިން"ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރެވޭނީ އިޢާދަކުރުވަނިވި ސާފު ހަކަތަ ބޭނުންކުރުން އިތުރުކޮށްގެން"ޚަބަރު | 2 ގަޑިއިރު ކުރިން14 ރަށެއްގައި ޕާކު ތަރައްގީ ކުރުމަށް ބޭނުންވާ ސެޓުތައް ފޮނުވަން ފަށައިފިޚަބަރު | 5 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި ޚަބަރު | 2 ދުވަސް ކުރިން