logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވިންޓަރ އޮލިމްޕިކްސްގައި އިސްރާއީލުގެ ޓީމެއް ޑިސްކޮލިފައިކޮށްފި

އަބްދުﷲ ޣާނިމް
23 ފެބްރުއަރީ 2026 - 04:00
ވިންޓަރ އޮލިމްޕިކްސްގައި އިސްރާއީލުގެ ޓީމެއް ޑިސްކޮލިފައިކޮށްފި

ވިންޓަރ އޮލިމްޕިކްސްގައި ވާދަކުރާ އިސްރާއީލުގެ ބޮބްސްލެޑް ޓީމުން މުބާރާތުގެ ގަވާއިދުތަކާ ހިލާފަށް އެތުލީޓަކު ބަދަލުކުރަން އުޅުމުގެ ސަބަބުން އެ ޓީމު މުބާރާތުން ވަކިކޮށްފިއެވެ. އިސްރާއީލުގެ އޮލިމްޕިކް ކޮމިޓީން ހޮނިހިރު ދުވަހު ބުނީ އާދީއްތަ ދުވަހުގެ އިވެންޓުގައި އެ ޓީމަށް ބައިވެރިނުވެވޭނެ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފެންމަތިވީ ޓީމުގެ މެންބަރަކު ބަދަލުކުރުމަށްޓަކައި ސިއްހީ ހާލަތާ ގުޅޭ ދޮގު މައުލޫމާތުތަކެއް ހުށަހެޅުމާ ގުޅިގެންނެވެ. މުބާރާތުގެ ގަވާއިދު ބުނާގޮތުން އެތުލީޓަކު ބަދަލުކުރެވޭނީ ހަމައެކަނި އަނިޔާއެއް ލިބިގެން ނުވަތަ ބަލިވެގެން ކުޅެވޭވަރު ނުވާނަމައެވެ. ނަމަވެސް، ޓީމުން ވަނީ ބަދަލު އެތުލީޓެއްގެ ގޮތުގައި ވާރެޑް ޕުއާސާ ބައިވެރިކުރުމަށްޓަކައި، އެތުލީޓަކު ބަލިކަމަށް ބުނެ ދޮގު މެޑިކަލް ލިޔުމެއް ހުށަހަޅާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްރާއީލުގެ އޮލިމްޕިކް ކޮމިޓީން ހާމަކުރި ގޮތުގައި، މި އަމަލަކީ ކުޅިވަރުގެ އަހުލާގާ ހިލާފު ކަމެއް ކަމަށްވާތީ، މައްސަލަ މިހާރު ވަނީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައި.އޯ.ސީ) އަށް ހުށަހަޅާފައެވެ. އަދި ޓީމު އެނބުރި ގައުމަށް ދިއުމުން މި މައްސަލަ ވަރަށް ފުންކޮށް ތަހުގީގު ކުރާނެ ކަމަށްވެސް އެ ކޮމިޓީން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ އޮލިމްޕިކް ވަފުދަށް ބޮޑު ސިހުމެއް ލިބިފައިވާއިރު، މިއީ އޮލިމްޕިކްސް ފަދަ ބޮޑު މުބާރާތެއްގައި ގައުމުގެ އަބުރަށް ލިބުނު ވަރަށް ބޮޑު އުނިކަމެއްގެ ގޮތުގައި އޮފިޝަލުން ސިފަކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިންޓަރ އޮލިމްޕިކްސްގައި އިސްރާއީލުގެ ޓީމެއް ޑިސްކޮލިފައިކޮށްފިކުޅިވަރު | 2 ގަޑިއިރު ކުރިން