logo
Bank of Maldives

Bank of Maldives

ވިޔަފާރި

ބީއެމްއެލްގެ ހިއްސާއަކަށް 60 ރުފިޔާ ، މިއީ މިހާތަނަށް އެންމެބޮޑު ފައިދާ

މުޙައްމަދު އަފްރާޙް
26 ފެބްރުއަރީ 2026 - 06:44
ބީއެމްއެލްގެ ހިއްސާއަކަށް 60 ރުފިޔާ ، މިއީ މިހާތަނަށް އެންމެބޮޑު ފައިދާ

2025 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު މާލީ ކުރިއެރުމާއިއެކު ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ހުށަހަޅަން ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

މި ނިންމުމާއެކު، ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 322,915,200 (ތިންސަތޭކަ ބާވީސް މިލިއަން، ނުވަލައްކަ ފަނަރަހާސް، ދުއިސައްތަ) ރުފިޔާ ބެހުމަށް ހުށަޅާނެއެވެ. ހިއްސާގެ ފައިދާ ގޮތުގައި ބަހާނެ އަދަދު ފާސްކުރާނީ އަހަރީ އާންމު ޖަލްސާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެ ހިއްސާ ދިނުމަށްވެސް ބޯޑުން ވަނީ ހުށަހަޅާފައެވެ. މިގޮތަށް ބޯނަސް ހިއްސާ ދޫކުރުމަށްފަހު، 50 ރުފިޔާގެ މޫނު މަތީ ހިއްސާގެ ބުކް ވެލިއު އަކަށް ވާނީ 1015.90 ރުފިޔާއެވެ. އެހެންކަމުން މިއަހަރު ކޮންމެ ހިއްސާއަކަށް މިދެވެނީ ޖުމްލަ 2091.80 ރުފިޔާގެ ނަފާއެކެވެ.

ބޯނަސް ހިއްސާ ދޫކުރުމަށް ހުށަހަޅާ މައިގަނޑު ސަބަބަކީ ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން އިތުރުކޮށް ހިއްސާދާރުންނަށް ލިބޭ ނަފާ އިތުރު ކުރުމާއި، ރާއްޖޭގެ ހިއްސާގެ ބާޒާރު އިތުރަށް ފުޅާކުރުމަށް އެހީތެރިވުމެވެ.

މިގޮތަށް ހުށަހަޅާފައިވާ ހިއްސާގެ ފައިދާ ލިބޭނީ "ބުކް ކްލޯޝަރ ޑޭޓް" ނުވަތަ ހިއްސާދާރުންގެ ދަފުތަރު ބަންދުކުރާ ތާރީހާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިކަމުގެ ދާއިރާ އަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 860 މިލިޔަން ޑޮލަރަށް އަރާ: ޝަރީފުޚަބަރު | ދުވަހެއް ކުރިންޒުވާނުންނަށް 150،000 ރުފިޔާ ލިބޭ ލޯނެއް ބީއެމްއެލް އިން ތައާރަފުކޮށްފިޚަބަރު | 2 ދުވަސް ކުރިންބީއެމްއެލްގެ ހިދުމަތް އިތުރު ހަތް ރަށަކަށް ފުޅާކޮށްފިޚަބަރު | 2 ދުވަސް ކުރިންޓެކްސް ދައްކާ ފަރާތްތަކަށް ބީއެމްއެލް މެދުވެރިކޮށް ލުއިފަސޭހަ ނިޒާމެއް ގާއިމުކޮށްފިވިޔަފާރި | 10 ދުވަސް ކުރިން