logo
Bank of Maldives

Bank of Maldives

ޚަބަރު

ވަޒީރު އިހްސާންގެ ޢާއިލާގެ ވީޑިއޯއެއް މަގުމަތިން ހުއްދަ ނުހޯދާ ނެގި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައިފި

ޒިދާން މުޙައްމަދު
27 ފެބްރުއަރީ 2026 - 10:54
ވަޒީރު އިހްސާންގެ ޢާއިލާގެ ވީޑިއޯއެއް މަގުމަތިން ހުއްދަ ނުހޯދާ ނެގި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައިފި

ޢާއިލާގެ ވީޑިއޯއެއް ނަގައި މީސްމީޑިއާއަށް ލުމަކީ، އެމްޑީޕީގެ އިސް ދެ ވެރިޔަކު ހިންގި ދަށު ދަރަޖައިގެ ޢަމަލެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވަނީ، ވަޒީރުގެ ޢާއިލާގެ ވީޑިއޯއެއް މަގުމަތިން ހުއްދަ ނުހޯދާ ނެގި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އިއްޔެ ހަވީރުގެ ވަގުތެއްގައި ނެގި މި ވީޑިއޯ ވަނީ، ކާކުކަން ނޭނގޭ އެކައުންޓަކުން މީސްމީޑިއާގައި ޕޯސްޓުކޮށްފައެވެ. ވީޑިއޯ ނަގާފައިވަނީ ދާޚިލީ ވަޒީރުގެ އަނބިކަނބަލުންނާއި، ވަޒީރުގެ އުމުރުން 10 އަހަރުގެ ދަރިފުޅު މަގުމަތިން ދަނިކޮށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދާޚިލީ ވަޒީރު އިޙްސާން މިކަމުގެ ކަންބޮޑުންވުން ފާޅުކުރައްވާ ވިދާޅުވީ، މި ވީޑިއޯ ނަގާފައިވަނީ އެމްޑީޕީގެ އިސް ދެ ފަރާތް ކަމަށްވާ، ޕާޓީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހީމް ވަޙީދާއި، ކުރީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރ އަދި މިހާރު އެޕާޓީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް އަކްރަމް ކަމާލުއްދީން ކަމަށެވެ. ވަޒީރު ވަނީ، އެ ވީޑިއޯ ނަގަން ތިބި މަންޒަރުގެ ސީސީޓީވީ ވީޑިއޯއެއްވެސް ޙިއްސާ ކުރައްވާފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

 

އެމްޑީޕީއަކީ، ކުޑަކުދިންގެ ހައްޤުތަކާއި އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރާ ކަމަށް އަބަދުވެސް ވަކާލާތު ކުރާ ޕާޓީއެއް ނަމަވެސް، އެޕާޓީން ކުރަމުން ދަނީ މިފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ ދަށު ދަރަޖައިގެ ޢަމަލުތަކަކީ، އެމްޑީޕީން އަބަދުވެސް ދައްކުވައިދޭ ޢަމަލުތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޒީރު އިހްސާންގެ ޢާއިލާގެ ވީޑިއޯއެއް މަގުމަތިން ހުއްދަ ނުހޯދާ ނެގި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައިފިޚަބަރު | ގަޑިއިރެއް ކުރިން