logo
E-Platinum
ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ބޯޑުން ބައެއެ މެމްބަރުން ވަކިކޮށްފި

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
26 އޯގަސްޓު 2024 - 11:50
ފޮޓޯ: ޓެކްސް އެޕީލް ޓްރައިބިއުނަލް
ފޮޓޯ: ޓެކްސް އެޕީލް ޓްރައިބިއުނަލް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ބޯޑުން ބައެއް ފަރާތްތައް ވަކިކޮށްފިއެވެ.

ޓެކްސް އެޕީލް ބޯޑުން ވަކި ކުރި ފަރާތްތަކަކީ .

1. މުހައްމަދު މުނައްވަރު އަލީ - ރައީސް

2. ހުސައިން ޒައިދާން ޖަލީލް - ނައިބު ރައީސް

3. އަހުމަދު އަޝްރަފް - މެންބަރު

4. ހަދީޖާ ނައީމް - މެންބަރު

ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށާއި އެ މެމްބަރުންގެ މައްސަލަ ތަހުގީގުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ މިމަހުގެ 13 ވަނަ ދުވަހު ފާސްކޮށްފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މައްސަލައެއްގެ ގޮތުގައި މަޖިލީހުގެ ކޮމިޓީއަށް ހުށައަޅިފައިވާ މައްސަލަތަކަކީ ، މެމްބަރުންގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ނުހައްގު މުއްސަނދިކަން ހޯދުމުގެ ތުހުމަތުތަކެވެ.

މީގެ އިތުރުން އެ ޓްރައިބިއުނަލްގެ އޮފީސް ހިންގަމުން އަންނަ އިމާރާތް އެކަށީގެންވާ ތަނަކަށް ވުރެ ބޮޑުވުމުގެ ސަބަބުން ދައުލަތުން އެތަނަށް ކުރަން ޖެހޭ ޚަރަދު ބޮޑުކަމުން މާލީ ބުރަ ކުޑަކުރަން ވެސް ވަނީ އިސްލާހެއް ހުށައަޅުއްވާފައެވެ.

އަދި ޓްރައިބިއުނަލުގެ ބެންޗް ކަނޑައެޅުމާއި ރިޔާސަތު ކަނޑައެޅުމުގެ ބާރު ރައީސަށް ދީފައި އޮތްއޮތުން ބަދަލުކޮށް، ގަވައިދު އިސްލާހު ކުރުމަށް ވެސް ހުށައަޅާފައެވެ. ކޮމެޓީގެ މި އިސްލާހުތައްވަނީ ކޮމެޓީގެ ބޮޑު އަގުލަބިއްޔަތަކުން ފާސްވެފައެވެ.

ކުރީގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ތިއްބެވި މެމްބަރުންގެ ތެރެއިން މަގާމުގައި މިހާރު ހުންނެވީ އެ ޓްރައިބިއުނަލްގެ މެމްބަރެއްކަމަށްވާ އިސްމާއީލް ސާޖިދު އެކަންޏެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓެކްސް އެޕީލް ޓްރިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 2 ދުވަސް ކުރިންޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސަކަށް ޣަނީޚަބަރު | 9 މަސް ކުރިންޓެކްސް އެޕީލް ޓްރައިބިއުނަލަށް ޢައްޔަން ކުރަން 4 ބޭފުޅަކަށް ރުހުންދީފިޚަބަރު | 9 މަސް ކުރިންޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިޚަބަރު | އަހަރެއް ކުރިން