ރައީސް ޑރ މުޢިއްޒު, ބެންގަލޫރުގައި ތިބި ދިވެހީންނާ މިރޭ ބައްދަލު ކުރައްވަނީ


09 އޮކްޓޯބަރު 2024 - 09:04
ބެންގަލޫރޫގައި ތިބި ދިވެހީންނާއި ރައީސް ޑރ މުޙައްމަދު މުޢިއްޒު މިރޭ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ބެންގަލޫރަކީ ގިނަ ޢަދަދެއްގެ ދިވެހިން މަތީ ތަޢުލީމާއި ބޭސްފަރުވާގެ ކަންކަމުގައި ދިރިއުޅޭ ސިޓީއެކެވެ. ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި އެކި ސިޓީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް އިސްކަންދެއްވައެވެ. އެމަނިކުފާނު ދެއްވި ޔަޤީންކަމަކީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށްވެސް، ދިވެހި ދައުލަތުން ދޭންޖެހޭ ހުރިހާ ޚިދުމަތެއް ކަށަވަރުކޮށްދެއްވާނެކަމެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބެންގަލޫރަށް ވަޑައިގަތުމުން އެސިޓީގެ ކެމްޕެގޮވްޑާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރަސްމީކޮށް މަރުޙަބާ ދެންނެވީ ކަރްނާޓަކާ ސްޓޭޓުގެ އެޑިއުކޭޝަން މިނިސްޓަރެވެ.ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގެ ތެރެއިން މިއީ 4 ވަނަ ދުވަހެވެ. އަދި މިއީ ރަސްމީ ބައްދަލުވުންތަކުވެސް އެންމެ ފަހު ދުވަހެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަރްނާޓަކާގެ ގަވަރުނަރާ ބައްދަލުކުރައްވާނެއެވެ. އަދި ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ތެރެއިން އެންމެ މުހިންމު ކަމަކަށް ކުރިއަށްދާނީ އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމެވެ. ބެންގަލޫރުގައި ބާއްވާ ބިޒްނަސް ފޯރަމަކީ މި ދަތުރުފުޅުގައި ކުރިއަށްގެންދަވާ ތިންވަނަ ފޯރަމެވެ. މީގެކުރިން މި ފޯރަމް ވަނީ ނިއުދިއްލީ އަދި މުމްބާއީގައިވެސް ބާއްވާފައެވެ.އިންޑިއާގައި ބާއްވާ ތިން ފޯރަމަކީވެސް ރާއްޖެއަށް މުހިންމު އަދި ފައިދާކުރާނެ ފޯރަމްތަކެކެވެ. ސަބަބަކީ އިންޑިއާގެ ބޮޑެތި ވިޔަފާރިތަކުގެ ވެރިންނާއި، އިންވެސްޓަރުން މި ފޯރަމްތަކުގައި ބައިވެރިވެވަޑައިގެން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝަޢުގުވެރިކަން ފާޅުކުރަމުން ގެންދާތީއެވެ.ބިޒްނަސް ފޯރަމްތަކުގައި ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓްުގެ ފުރުޞަތުތައް ހާމަކޮށްދެއްވަމުންނެވެ. އޭގެތެރޭގައި ޑިޖިޓަލް އިކޮނޮމީއަށް ދިއުމަށް ހުރި ފުރުޞަތުތަކާއި، މާލީ ނިޒާމު ކުރިއަރުވަން ކުރައްވާ މަސައްކަތުގައި އެ ދާއިރާއިން ހުރި ފުރުޞަތުތަކާއި ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ރާއްޖޭގައި ފަތުރުވެރިކަން އިތުރަށް ކުރިއަރުވާ އައު ޕްރޮޑަކްޓުތައް ތަޢާރަގްކުރުމަށްވެސް އިސްކަންދެއްވައެވެ. އެގޮތުން އެމަނިކުފާޏު ވަނީ ރާއްޖޭގައި އިކޯ ޓޫރިޒަމާއި ވެލްނެސް ޓޫރިޒަމް އަދި ފިލްމު ޓޫރިޒަމް ފަދަ ދާއިރާތަކުގައި ފުރުޞަތު ހުރިކަމަށް ވިދާޅުވެ އެކަމުން ކުރިއަށް ދިއުމަށް މަރުޙަބާ ވިދާޅުވެފައެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
8 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
8 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
7 މަސް ކުރިން