logo
MPL

MPL

ޚަބަރު

އިއްތިހާދު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
7 މާރިޗު 2026 - 03:47
އިއްތިހާދު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

ހަނގުރާމައާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި މެދުކަނޑާލާފައިވާ އިއްތިހާދު އެއާވޭސްގެ ދަތުރުތައް، ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްފަހު އަލުން ފެށުމަށް އެ އެއާލައިނުން ނިންމައިފިއެވެ.

މި ނިންމުމާއެކު މި މަހުގެ 6 އިން 19 އަށް ދުނިޔޭގެ ވަކި މަންޒިލްތަކަކަށް އެއާލައިނުން ދަތުރުތައް ކުރިއަށް ގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިއްތިހާދު އެއާވޭސްއިން ބުނި ގޮތުގައި މި މުއްދަތުގެ ތެރޭގައި އަބޫދާބީއާއި ދުނިޔޭގެ މުހިންމު 25 މަންޒިލަކާ ދެމެދު ދަތުރުތައް ކުރާނެއެވެ. މީގެ ތެރޭގައި ދިވެހިރާއްޖެ، ލަންޑަން، ނިއުޔޯކް، ޕެރިސް އަދި ކޮލަމްބޯ ފަދަ މުހިންމު ސިޓީތައް ހިމެނެއެވެ.

ދަތުރުތައް މެދުކަނޑާލުމުގެ ސަބަބުން ދަތުރު ނުކުރެވި ތިބި ފަރާތްތަކަށް ލުއިތަކެއް ދިނުމަށްވެސް އެއާލައިނުން ވަނީ ނިންމާފައެވެ.

އެގޮތުން ފެބުރުވަރީ 28 ގެ ކުރިން ޓިކެޓް ނަގާފައިވާ ފަރާތްތަކަށް، އިތުރު ފީއަކާ ނުލައި 2026 މެއި 15 ގެ ކުރިން ދަތުރުގެ ތާރީޚު ބަދަލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މީގެއިތުރުން، ދަތުރު ކެންސަލްކޮށް ރީފަންޑަށް އެދެން ބޭނުންވާ ފަރާތްތަކަށް އޮންލައިން ފޯމު ނުވަތަ ޓްރެވަލް އެޖެންޓުން މެދުވެރިކޮށް އެ ފުރުސަތު ވަނީ ހަމަޖައްސައިދީފައެވެ. އެއާލައިނުން ބުނީ މިވަގުތު ކޯލް ސެންޓަރުތަކަށް ވަރަށް ބޮޑަށް ބާރުބޮޑުވެފައިވާ ކަމަށެވެ.

އެހެންކަމުން، ޚިދުމަތްތައް ހޯދުމުގައި ވީހާވެސް ބޮޑަށް އޮންލައިން ވަސީލަތްތައް ބޭނުންކުރުމަށް އެ އެއާލައިނުން އިލްތިމާސްކުރެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުދި ވިޔަފާރިތަކަށް ބޮޑު ލުޔެއް: އުފެއްދުންތަކަށް ބޭނުންވާ ސާމާނުން 5 އަހަރަށް ޑިއުޓީ ކަނޑާލަނީޚަބަރު | 11 ދުވަސް ކުރިން"އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް" އެވޯޑް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ކާމިޔާބުކޮށްފިޚަބަރު | މަހެއް ކުރިންރާޔާ އެއާވޭސް އިން ވީއައިއޭއަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފިޚަބަރު | 3 މަސް ކުރިންވީއައިއޭ އިން އެއް މަސްތެރޭ އެންމެ ގިނަ ޓްރާންޝިޕްމަންޓް މުދާ އުފުލައި އައު ރެކޯޑެއް ގާއިމުކޮށްފިޚަބަރު | 3 މަސް ކުރިން