logo
Bank of Maldives

Bank of Maldives

ދުނިޔެ

މެދުއިރުމަތީގެ ހަނގުރާމަ: އިސްރާއީލުން އީރާނުގެ ތެޔޮ ގުދަންތަކަށް ބޮންއަޅަނީ

ޒިދާން މުޙައްމަދު
8 މާރިޗު 2026 - 14:44
Smoke billows after an Israeli strike on Beirut's southern suburbs, following an escalation between Hezbollah and Israel amid the U.S.-Israeli conflict with Iran, Lebanon, March 2, 2026. REUTERS/Mohamed Azakir     TPX IMAGES OF THE DAY
Smoke billows after an Israeli strike on Beirut's southern suburbs, following an escalation between Hezbollah and Israel amid the U.S.-Israeli conflict with Iran, Lebanon, March 2, 2026. REUTERS/Mohamed Azakir TPX IMAGES OF THE DAY

މެދއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައިގައި ހަރުކަށި ޔަހޫދީ ޣައިރު ޤާނޫނީ "ދަޢުލަތެއް" ކަމަށްވާ އިސްރާއީލުން، އީރާނުގެ ތެޔޮ ގުދަންތަކަށް ބޮންއަޅަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބައިނަލްއަޤވާމީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ހަމަލާ ދެމުން އަންނަ އިރު، ތެހެރާންގެ ތެޔޮ ރައްކާކުރާ ގުދަންތަކާއި ތެޔޮ ރައްކާކުރާ ތަންތަނަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދަނީ ދެމުންނެވެ. ތެޔޮ ގުދަންތަކަށް ބޮން އެޅުމުގެ ސަބަބުން، އެ ސަރަހައްދުތަކުކުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީރާނުގެ އިސް އޮފިޝަލެއް ކަމަށްވާ އަލީ ލަރިޖާނީ ވިދާޅުވީ މިހަނގުރާމައިގެ ގެއްލުމުގެ އަގު އެމެރިކާއިން ދޭން ޖެހޭނެ ކަމަށެވެ.

އަނެއްކޮޅުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ހަމަލާތައް އިތުރުކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ޤަތަރު، ސަޢޫދީ ޢަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އިން ވަނީ އީރާނުގެ ހަމަލާތައް ހުއްޓާލާނެ ކަމުގެ ޔަގީންކަން ރައީސް މަސްއޫދު ޕެޒެޝްކިއަން ދެއްވި ނަމަވެސް ހަމަލާތައް ނުހުއްޓޭ ކަމަށް ބުނެފައެވެ.

މެދުއިރުމަތީގެ އެކި ޤައުމުތަކުގައި އެމެރިކާ ސިފައިން ތިބޭ އަސްކަރީ މަރުކަޒުތަކުގެ އޮޕަރޭޝަންތައް ހުއްޓައިލަން މަޖުބޫރުކުރުވުމަށްފަހު، އެ ޤައުމުތަކަށް އީރާނުން އިސްވެ ޙަމަލާދިނުން މެދުކަނޑާލާފައިވާ ކަމަށް އިޢުލާނު ކުރިއެވެ. އެކަމަށް އެމަނިކުފާނު މައާފަށް ވެސް އެދިވަޑައިގަތް ނަމަވެސް އީރާނުން ވަނީ ހަމަލާތައް ދިނުން ކުރިއަށް ގެންގޮސްފައެވެ.

ފެބްރުއަރީ 28ވަނަ ދުވަހުން ފެށިގެން ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ދެމުންދާ ޙަމަލާތަކުގެ ރައްދުގައި، ހަރުކަށި ޔަހޫދީންގެ ނިރުބަވެރި އިސްރާއީލުގެ އިތުރުން، މެދުއިރުމަތީގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޢަމާޒުކޮށް، އީރާނުން ވަނީ ހުއްޓުމެއްނެތި ވަރުގަދަ ޙަމަލާތައް ދީފައެވެ.

ނަމަވެސް، އެ ޤައުމުތައް މެދުވެރިކޮށް އީރާނަށް ޙަމަލާ ނުދޭހާ ހިނދަކު، އީރާނުން އިސްވެ އެ ޤައުމުތަކަށް ޙަމަލާދިނުން ހުއްޓައިލަން، އީރާނުގެ ހިންގުމާ ޙަވާލުވެފައިވާ ވަގުތީ މަޖިލީހުން ނިންމާފައިވާކަން އީރާނުގެ ރައީސް މަސްޢޫދު ޕިޒީޝްކިޔާން އިޢުލާނުކުރެއްވިއެވެ. އެހެން ނަމަވެސް ފަހުން ހަމަލާތައް ދިނުން ކުރިއަށް ގެންދިޔަ ސަބަބެއް ސާފެއް ނޫނެވެ.

އެމެރިކާ އާއި ޔަހޫދީންގެ ގުޅިގެން ފެށި ޢުދުވާނުގައި އީރާނުގެ ރޫހީ އެންމެ މަތީ ވެރިޔާ އާޔަތުﷲ ޢަލީ އަލްޚާމަނާއި ޝަހީދުކޮށްލާފައިވާއިރު، އީރާނުން އަންނަނީ ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ޑްރޯންއާއި މިސައިލް ޙަމަލާތައް ދެމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެދުއިރުމަތީގެ ހަނގުރާމަ: އިސްރާއީލުން އީރާނުގެ ތެޔޮ ގުދަންތަކަށް ބޮންއަޅަނީދުނިޔެ | 15 ގަޑިއިރު ކުރިން