logo
Bank of Maldives

Bank of Maldives

ޚަބަރު

ނިކަމެތި ހާލުގައި އުޅެމުންދިޔަ މަންމަޔަކަށާއި ތިން ކުދިންނަށް މަމްސް އެއިޑުން ޒަމާނީ ގެއެއް ހަދައިދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
11 މާރިޗު 2026 - 01:47
މަމްސް އެއިޑުން އަޅައިދިން ގެޔަށް ހަތަރުމައިން ވަންނަނީ، ފޮޓޯ: މަމްސް އެއިޑް
މަމްސް އެއިޑުން އަޅައިދިން ގެޔަށް ހަތަރުމައިން ވަންނަނީ، ފޮޓޯ: މަމްސް އެއިޑް

ތިން ކުދިންނާއެކު ނިކަމެތި ހާލުގައި ދިރިއުޅެމުން ދިޔަ މަންމައަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑް އެންޖީއޯއިން ކުރިއަށް ގެންދިޔަ ހާއްސަ ކެމްޕެއިން ކާމިޔާބުކަމާއެކު ނިންމާލައި، އެ އާއިލާއަށް އާ ގެއެއް ހަވާލުކޮށްފިއެވެ.

"ރަނާގެ އާއިލާއަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް އެހީތެރިވަމާ" މި ނަމުގައި ކުރިއަށް ގެންދިޔަ މި ކެމްޕެއިނަކީ، ރަނާ (އަސްލު ނަން: ނީނަން) އާއި އޭނާގެ ތިން ކުދިންނަށް ރައްކާތެރި އަދި އަމާން ދިރިއުޅުމެއް ހޯދައިދިނުމަށް ފެށި މަސައްކަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަމްސް އެއިޑުން ބުނި ގޮތުގައި، މިއަދު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ އެ އާއިލާއަށް ރައްކާތެރި މާހައުލެއް ހޯދައިދެވި، ފާގަތި މުސްތަޤުބަލަކަށް މަގުފަހިވުމުންނެވެ.

Screenshot 2026-03-11 064330.png

ނިކަމެތި އާއިލާ އަށް މަމްސް އެއިޑުން އަޅައިދިން ގޭގެ ކޮޓަރިއެއް، ފޮޓޯ: މަމްސް އެއިޑް

 

މުޅިން އަލަށް އިމާރާތް ކުރެވުނު މި ޒަމާނީ ގޭގައި، ކުދިންނަށް ހާއްސަ ކޮޓަރިތަކާއި އަރާމު ތަންމަތިތައް ވަނީ ތައްޔާރުކޮށްފައެވެ. މީގެ ކުރިން ދަތި ހާލުގައި އުޅެމުންދިޔަ މި އާއިލާއަށް މިހާރު ވަނީ އަމިއްލަ ވަޒަނެއްގައި ރައްކާތެރިކަމާއެކު ދިރިއުޅުމުގެ ފުރުސަތު ފަހިވެފައެވެ.

Screenshot 2026-03-11 064313.png

ނިކަމެތި އާއިލާ އަށް މަމްސް އެއިޑުން އަޅައިދިން ގޭގެ ކޮޓަރިއެއް، ފޮޓޯ: މަމްސް އެއިޑް

 

މަމްސް އެއިޑުން ފާހަގަކުރި ގޮތުގައި، ނީނަންގެ އާއިލާގެ ދިރިއުޅުމުގެ ހާލަތު ބަދަލުވެގެން ދިޔައީ އާންމުންގެ ފަރާތުން ލިބުނު ދީލަތި އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުންނެވެ.

 "މިފަދަ މާތް މަޤްސަދެއްގައި ކުރެވިގެންދާ ހުރިހާ މަސައްކަތްތަކަށްވެސް ތިޔަބޭފުޅުން ދެއްވާ ފުރިހަމަ އެއްބާރުލުން ފާހަގަކޮށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން،" އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

Screenshot 2026-03-11 065315.png

ނިކަމެތި އާއިލާ އަށް މަމްސް އެއިޑުން އަޅައިދިން ގޭގެ ސިޓިންރޫމާއި ބަދިގެ، ފޮޓޯ: މަމްސް އެއިޑް

 

އެ ޖަމިއްޔާގެ އުއްމީދަކީ ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ނިކަމެތި ހާލުގައި އުޅޭ އާއިލާތަކަށް އެހީތެރިވުމުގައި އާންމުންގެ ފަރާތުން ލިބޭ ލޯތްބާއި އެއްބާރުލުން މެދުނުކެނޑި ލިބިގެންދިއުމެވެ.

އެނގިފައިވާގޮތުގައި މިއީ ލ. ގަމުގައި ނިކަމެތި ހާލުގައި އުޅެމުންދިޔަ އާއިލާއެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިކަމެތި ހާލުގައި އުޅެމުންދިޔަ މަންމަޔަކަށާއި ތިން ކުދިންނަށް މަމްސް އެއިޑުން ޒަމާނީ ގެއެއް ޚަބަރު | ގަޑިއިރެއް ކުރިންމަމްސް އެއިޑްއާއެކު މުޙިއްމު އެއްބަސްވުމެއް: ނާޒުކު އާއިލާތަކަށް އެހީވާނެ ޚަބަރު | އަހަރެއް ކުރިން