އިރުއިރުކޮޅާ އިންތިޚާބުތައް ބޭއްވުމަކީ އެއީ ރަނގަޅު ގޮތެއް ނޫން: ކުރީގެ މެންބަރު ޝިހާބު
11 މާރިޗު 2026 - 16:55

އިރުއިރުކޮޅާ އިންތިޚާބުތައް ބޭއްވުމަކީ އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ޝިހާބު ވިދާޅުވެއްޖެއެވެ.
ކުރީގެ މެންބަރު ޝިހާބު މިފަދައިން ވިދާޅުވީ، "ހޭލުން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
ރައްޔިތުންގެ މަޖިލީހުގައި ކުރިން މެންބަރުކަން ކުރެއްވި ޝިހާބަކީ ރައްޔިތުންގެ މަޖިލީހުގައި 24 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ޝިހާބު ވިދާޅުވި ގޮތުުގައި އިރުއިރުކޮޅާ އިންތިޚާބުތައް ބޭއްވުމަކީ އެއީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ރާއްޖެފަދަ ޤައުމަަކަށް އެއް ދުވަހެއްގައި އިންތިޚާބުތައް ބޭއްވުމަކީ އެންމެ ފައިދާ ބޮޑު ރަނގަޅު ގޮތް ކަމަށެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ވަޒީރުކަންވެސް ކުރައްވާފައިވާ އަދި ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ ވެރިކަމުގައި އެޑްވަައިޒަރުގެ މަޤާމުވެސް ފުުރުއްވާފައިވާ ޝިހާބު ވިދާޅުވި ގޮތުގައި ކޮންމެ އިންތިޚާބެއް ވަކިވަކީން ބޭއްވުމަކީ ވަރަށް ބޮޑު ޚަރަދެއް ކުރަން ޖެހޭ ކަމެކެވެ.
އޭނާ ވިދާޅުވީ މި އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވިއްޖެނަަ ވަރަށް ގިނަ ފައިސާ ސަލާމަތް ކުރެވޭނެ ކަމަށެވެ.
ޝިހާބު ވިދާޅުވީ ގޮތުގައި ހުރިހާ އިންތިޚާބުތަކަށް ރައްޔިތުންގެ ޝައުޤު އުފެއްދުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށާއި ރިޔާސީ އިންތިޚާބަށް އޮންނަ ޝައުޤުވެރިކަން މަޖިލީސް އިންތިޚާބަށް ނޯންނަ ކަމަށެވެ. އަދި މަޖިލީސް އިންތިޚާބަށް އޮންނަ ޝައުޤުވެރިކަން ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބަށް އޮންނަ ޝައުޤުވެރިކަން ކުޑަކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް އެއް ދުވަހެއްގައި އިންތިޚާބުތައް ކުރިއަށް ގެންދާނަމަ ގިނަ ރައްޔިތުންގެ ބައިވެރިވުން އިންތިޚާބުތަކުގައި އޮންނާނެ ގޮތް ހެދޭނެ ކަމުގައި ޝިހާބު ވިދާޅުވިއެވެ.
ޝިހާބު ވިދާޅުވީ އިންތިޚާބުތައް އެއް ދުވަހެއްގައި ބާއްވައިފިނަމަ އިންތިޚާބުތަކުގެ އިންސާފުވެރިކަން އިތުރަށް ކަށަވަރުގެ މަޖިލީހަށް ވެސް އެންމެ ޤާބިލް ބޭފުޅުން އިންތިޚާބު ކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.
ދެ އިންތިޚާބަށް ވޯޓްލާން ރައްޔިތުން ނިކުންނައިރު ރައީސަކަށް އަންނާނީ ކޮން ބޭފުޅެއްކަން ނޭންގޭނެ ކަމަށާއި އެހެންކަމުން އެއީ ނުފޫޒުތަކަށް އޮތް ފުރުސަތު ވެސް ހަނިވާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.


