ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރުން: މާލެ ސިޓީގެ 4 ސަރަހައްދެއްގައި
15 މާރިޗު 2026 - 14:35

ވެރިރަށް - މާލެ ސިޓީގައި ބޮޑު ޖަމާއަތުގައި ހަތަރު ސަރަހައްދެއްގައި އަދި 25 މިސްކިތެއްގައި ފިޠުރު އީދުނަމާދުކުރަން ނިންމައިފިއެވެ.
ކަލަންޑަރުގައިވާ ގޮތުން މިހިނގާ 1447 ވަނަ އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މާލޭގައި ބޮޑު ޖަމާއަތުގައި އީދުނަމާދުކުރުން އޮންނާނީ މާފަންނު ސްޓޭޑިއަމްގައެވެ.
މާލޭގެ އެހެން އަވަށުތަކުން ވިލިމާލޭގައި ބޯޅަދަނޑުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ހަމަޖެހިފައިވާއިރު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސްޖިދު ޙަސަން އާދަމް އާއި ނިރޮޅުމަގާއި ހީނާމާހިނގުމާއި ފޭރުގަސްމަގާއި، ދުބުރި ގަސްމަގާއި އެއް އިންކޮށް އޮންނަ ހުސްބިމުގައި ބޮޑު ޖަމާއާތުގައި އީދު ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

Ad by Hajj Corporation
މާލޭގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް
މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު)
މަސްޖިދު މަލިކި ސަލްމާން
މަސްޖިދުލް ފުރްޤާން
މަސްޖިދުއް ނޫރު
މަސްޖިދުއް ޝަހީދު ޢަލީ
މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް (ދުބުރި މިސްކިތް)
މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
މަސްޖިދު ޞަލާޙުއްދީން
މަސްޖިދު ޖަލާލުއްދީން
މަސްޖިދު އިބްރާހީމް
މަސްޖިދު އިސްކަންދަރު
މަސްޖިދު ޔޫސުފުލް ބަރުބަރީ
މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން (ރަން މިސްކިތް)
މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
މާފަންނު އާ މިސްކިތް
ހުޅުމާލޭގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް
- މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ ފޭސް 1)
- މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1)
- މަސްޖިދު ޢަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1)
- މަސްޖިދު އަޞްދީޤާ (ހުޅުމާލެ ފޭސް 1)
- މަސްޖިދުލް ވާލިދައިނި (ހުޅުމާލެ ފޭސް 1)
- މަސްޖިދުލް އީމާން (ހުޅުމާލެ ފޭސް 2)
- މަސްޖިދު އުޘްމާން ބިން ޢައްފާން (ހުޅުމާލެ ފޭސް 2)
ވިިލިމާލޭގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ، މަސްޖިދުއް ސަލާމުގައެވެ.
އީދު ނަމާދުކުރަން ފަށާނީ ހެނދުނު 7:00 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.


