logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއާ އިންޑިއާ އިން ޓީއާރްއޯ ގައި ސޮއިކޮށްފި

މުޙައްމަދު އަފްރާޙް
17 މާރިޗު 2026 - 06:40
ރާއްޖެއާ އިންޑިއާ އިން ޓީއާރްއޯ ގައި ސޮއިކޮށްފި

އިންޑިއާއާއި ރާއްޖެއާ ދެމެދު ސޮއިކުރުމަށް މަސައްކަތް ކުރަމުން އަންނަ މިނިވަން ވިޔަފާރި އެއްބަސްވުމުގެ، ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ސޮއިކޮށްފައިވާކަމަށް އިންޑިއާގެ ކޮމާސް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ މިއީ އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޤްޞަދަކީ ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމަށާއި އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ފުރިހަމަ އިދާރީ އޮނިގަނޑެއް ޤާއިމުކުރުން ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ވިޔަފާރީގެ ހުރަސްތައް ކުޑަކޮށް، އިންވެސްޓްމަންޓުގެ ފުރުސަތުތައް އިތުރުވުމާއެކު، ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއެއްބަސްވުމުގެ މަޝްވަރާތައް ދެ ޤައުމު ދެމެދު ފެށި އެއްބަސްވުމަކަށް ދިއުމަށް ބޭނުންވާ ޓާރމްސް އޮފް ރިފަރެންސްގައި މިހާރު ސޮއިކޮށްފައިވާ ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސްއިން އެ ޤައުމުގެ މީޑިއާތަކާއި ހޯމަ ދުވަހު ވަނީ ހިއްސާކޮށްފައެވެ. ޓާމްސް އޮފް ރިފަރެންސް ނުވަތަ ޓީއޯއާރް އަކީ ފުރިހަމަ އެއްބަސްވުމަކަށް ދިއުމުގެ ކުރިން ވިޔަފާރީގެ އެއްބަސްވުން ކުރިއަށްދާނެ ދާއިރާތަކާއި އުސޫލުތައް ކަނޑައަޅާ މައިގަނޑު އޮނިގަނޑެވެ. އިންޑިއާގެ ކޮމާސް މިނިސްޓްރީން ވަނީ ރާއްޖެއާއެކު ސޮއިކުރަނީ ފުރިހަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ބޯޑަރު ހުރަސްކޮށް ކުރެވޭ ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުވެ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންނަށާއި، އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަށާއި، މުދަލާއި ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

މީގެ އިތުރުން އެފްޓީއޭގެ މަޝްވަރާތަކަށް އިތުރު ބާރެއް ލިބިގެންދާނީ ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް ޔޫޕީއައިއާއި، ލޯކަލް ކަރަންސީ ސެޓްލްމަންޓް މެކޭނިޒަމް ހަރުދަނާކުރުން ފަދަ ވިޔަފާރި ފަސޭހަކުރުމުގެ ފިޔަވަޅުތަކުންކަމަށް ވެސް އެ ވުޒާރާ އިން ހާމަކޮށްފައި ވެއެވެ.

އިންޑިއާއާއި ރާއްޖެ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމުގެ މަޝްވަރާތައް ފެށުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

އިންޑިއާ-ރާއްޖެ އެފްޓީއޭގެ މަސައްކަތް ކުރިއަށްދާއިރު، ރާއްޖެއިން ވަނީ ޗައިނާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ޢަމަލުކުރަން ފަށާފައެވެ. އަދި ތުރުކީއާއެކު ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓް ނުވަތަ ވަކި ބާވަތްތަކުން ލުއި ލިބޭ އެއްބަސްވުމެއްގައި ތުރުކީވިލާތާއެކު ރާއްޖެއިންވަނީ ސޮއިކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއާ އިންޑިއާ އިން ޓީއާރްއޯ ގައި ސޮއިކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންދިގުރަށު އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފިޚަބަރު | 7 ގަޑިއިރު ކުރިންތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާ މުޢިއްޒު ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފިޚަބަރު | 20 ގަޑިއިރު ކުރިންފެލިވަރުގައި ކޭނަރީގައި ސްޓޯރޭޖް ކެޕޭސިޓީ ޤާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 2 ދުވަސް ކުރިން